Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އެމެޒޯންއާއި އީބޭގައި ހޭންޑް ސެނިޓައިޒަރެއް 120 ޕައުންޑަށް ވިއްކަން ފެށުމާއެކު ގިނަ ބައެއްގެ ފާޑުކިއުން

ބައެއް ވިޔަފާރިވެރިން ދަނީ ނުއަގުގައި ހޭންޑް ސެނިޓައިޒަރ ފަދަ ޕްރޮޑަކްޓްތައް ވިއްކަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2020 | އާދީއްތަ 02:06
ހޭންޑް ސެނިޓައިޒަރ- ކޮވިޑް-19 އިން ރައްކާތެރި ވުމަށް ސެނިޓައިޒަރ ލައިގެން ރަނގަޅަށް އަތް ދޮވުން ހިމެނޭ

ހޭންޑް ސެނިޓައިޒަރ- ކޮވިޑް-19 އިން ރައްކާތެރި ވުމަށް ސެނިޓައިޒަރ ލައިގެން ރަނގަޅަށް އަތް ދޮވުން ހިމެނޭ

ކޮވިޑް-19 ގެ ނުރައްކާތެރިކަން އެކި ޤައުމުތަކަށް ކުރިމަތިވަމުންދާއިރު، އެމެޒޯންއާއި އީބޭފަދަ ސައިޓުތަކުގައި މުދާ ވިއްކާ ފަރާތްތަކުން ހޭންޑް ސެނިޓައިޒަރ ވިއްކާ އަގު ބޮޑުކޮށްފައިވާތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން ކޮވިޑް-19 ގެ ބިރުވެރިކަމުގެ ނާޖާއިޖު މަންފާ ހޯދުމަށް ބައެއް ވިޔަފާރިވެރިން ދަނީ ނުއަގުގައި ހޭންޑް ސެނިޓައިޒަރ ފަދަ ޕްރޮޑަކްޓްތައް ވިއްކަމުންނެވެ. އެގޮތުން ބައެއް ވިޔަފާރިވެރިން 600 އެމްއެލްގެ ފުޅިއެއް 99.98 ޕައުންޑަށް ވިއްކަމުންދާއިރު، އަނެއް ބަޔަކު ދަނީ ހަމަ އެ ޕްރޮޑަކްޓް 120 ޕައުންޑަށް ވިއްކައި ވިޔަފާރީގެ މަންފާ ހޯދަމުންނެވެ.

އެކަމާ ގުޅިގެން ވިޔަފާރިތައް ރިވިއު ކުރާ ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔައި، އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމުގެ ނާޖާއިޖު މަންފާ ހޯދުމަށް ބައެއް ވިޔަފާރިވެރިން މަސައްކަތް ކުރާ ކަމަށްބުނެ އެކަމުގެ ޝަކުވާ ކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ހޭންޑް ސެނިޓައިޒަރާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި، އާންމު ސާފުތާހިރުކަމަށް ސަމާލުވުން ހިމެނޭއިރު، ފާއިތުވި ދުވަސްތަކުގައި އެކި ޤައުމުތަކުގައި އެފަދަ ސާމާނުތަކަށް އޮންނަ ޑިމާންޑް ވަނީ ބޮޑުވެފައެވެ.

އެގޮތުން ދާދިފަހުން މީސްމީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި، އޮސްޓްރޭލިއާގެ ސުޕަމާކެޓެއްގެ ތެރޭގައި އެފަދަ ސާމާނުތަކެއް ގަންނަން އުޅުނު ގިނަ އަދަދެއްގެ ބައެއްގެ މެދުގައި ހަމަނުޖެހުންތަކެއް އުފެދޭ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2022

އެންމެ އުމުރުން ދޮށީ މީހާގެ އުންމީދަކީ 120 އަހަރު ދުނިޔޭގައި އުޅުން

05 ޖެނުއަރީ 2022
އެންމެ އުމުރުން ދޮށީ މީހާގެ އުންމީދަކީ 120 އަހަރު ދުނިޔޭގައި އުޅުން
05 ޖޫން 2021

އިންޑިއާގެ ކޭސްތައް ދަށަށް، 58 ދުވަހަށް ފަހު 120،529 ކޭސް

05 ޖޫން 2021
އިންޑިއާގެ ކޭސްތައް ދަށަށް، 58 ދުވަހަށް ފަހު 120،529 ކޭސް
03 ޑިސެމްބަރު 2020

ބުރެވި ތޫފާންގެ އަސަރު ލަންކާގެ 12000 ށް ވުރެ ގިނަ މީހުންނަށްކޮށްފި

03 ޑިސެމްބަރު 2020
ބުރެވި ތޫފާންގެ އަސަރު ލަންކާގެ 12000 ށް ވުރެ ގިނަ މީހުންނަށްކޮށްފި
28 އެޕްރީލު 2020

ހޭންޑް ސެނިޓައިޒަރ ބުއިން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަންޖެހޭ: އެމެރިކާގެ އެފްޑީއޭ

28 އެޕްރީލު 2020
ހޭންޑް ސެނިޓައިޒަރ ބުއިން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަންޖެހޭ: އެމެރިކާގެ އެފްޑީއޭ
05 އެޕްރީލު 2020

ކޮވިޑް-19: ސިންގަޕޫރުން މިއަދު އެކަނިވެސް 120 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

05 އެޕްރީލު 2020
ކޮވިޑް-19: ސިންގަޕޫރުން މިއަދު އެކަނިވެސް 120 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު