Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11،000 އިން މަތީގ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

ޔޫރަޕްގެ ގައުމުތަކަށް މަރުވި މީހުންގެ އަދަދު އެކަނި ވެސް 5000 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2020 | ހޮނިހިރު 02:45
ކޮވިޑް-19 ގެ ބިރުވެރިކަމާއެކު މީހުންތަކެއް މާސްކް އަޅައިގެން

ކޮވިޑް-19 ގެ ބިރުވެރިކަމާއެކު މީހުންތަކެއް މާސްކް އަޅައިގެން

ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި މަރުވި މީހުންގެ އަދަދު 11،398 އަށް އަރާފައިވާއިރު ޔޫރަޕްގެ ގައުމުތަކަށް މަރުވި މީހުންގެ އަދަދު އެކަނި ވެސް 5000 އަށް އަރައެވެ. މިއާއެކު މި ބަލި މިހާރު ފެތުރެމުންދާ އާ މަރުކަޒަކަށް ޔޫރަޕްގެ ގައުމުތައް ވަނީ ވެފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވަމުން ދަނީ އިޓަލީ، ސްޕެއިން އަދި ޖަރުމަންވިލާތުންނެވެ.

ހުކުރު ދުވަހު އެކަނި ވެސް އިޓަލީން ވަނީ 627 މީހުން މި ބަލީގައި މަރުވެފައިވާކަން ހާމަކޮށްފައެވެ. މިއީ ފާއިތުވި ހަތަރު ހަފްތާ ތެރޭގައި އިޓަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިއާއެކު ޗައިނާއިން މަރުވި މީހުންނަށްވުރެ އިޓަލީގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިހާތަނަށް ޗައިނާއިން މަރުވެފައިވަނީ 3255 މީހުންނެވެ. އަދި ހުކުރު ދުވަހު އެގައުމުން މަރުވެފައިވަނީ 7 މީހެކެވެ. ނަމަވެސް އިޓަލީން އެކަނި މަރުވި މީހުންގެ އަދަދު ވަނީ 4032 އަށް ވަނީ އަރާފައެވެ. އަދި ހުކުރު ދުވަހު މަރުވި މީހުންގެ އަދަދު އުޅެނީ 627 ގައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކަށް ބަލާލައިރު، ސްޕެއިން އިން މިހާތަނަށް 21،571 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ހުކުރު ދުވަހު އެކަނި އެގައުމުން ވަނީ 3494 އައު ކޭސް ރިޕޯޓް ކޮށްފައެވެ. އަދި ހުކުރު ދުވަހު މަރުވި 262 މީހުންނާއެކު އެގައުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1093 އަށް އަރާފައެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 19848 އަށް އަރާފައެވެ. އެގައުމުން ވަނީ ހުކުރު ދުވަހު އެކަނި ވެސް 4528 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އަދި ހުކުރު ދުވަހު މަރުވި 24 މީހުންނާއެކު އެގައުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 68 ގައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން ކޮވިޑް-19 އަށް 275،944 (ދެ ލައްކަ ހަތްދިހަ ފަސް ހާސް ނުވަސަތޭކަ ސާޅީސް ހަތަރު) މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 91،912 މީހަކު ބަލިން ސަލަމަތްވެފައިވެއެވެ. ނަމަވެސް މީގެ ކުރިން ބަލިން ފަސޭހަވި މީހުންގެ އަދަދު މަތީގައި އުޅުނު ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ފެންނަ ކޭސްތައް އިތުރުވުމާއި ގުޅިގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 164،869 (އެއްލައްކަ ފަސްދޮޅަސް ހަތަރު ހާސް އަށްސަތޭކެ ފަސްދޮޅަސް ނުވަ) އަކަށް އަރާފައެވެ. އަދި މީގެ ތެރެއިން ސީރިއަސް ނުވަތަ ކްރިޓިކަލް ހާލަތުގައި 7764 މީހަކު އެބަތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު