Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ޤާނޫނު އިސްލާހު ކުރުން

ކުޅިވަރު ޤާނޫނުގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި: ޖައުޝަން

ޤާނޫނުގައި ކަނޑައެޅިފައިވާ އާބިޓްރޭޝަން ޓްރައިބިއުނަލް އަދި ހެދިފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 17:37
މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް

މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް

ކުޅިވަރު ޤާނޫނުގައި އިސްލާހު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވެއްޖެއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލު ޖައުޝަން ވިދާޅުވީ، ކުޅިވަރު ޤާނޫނުގައި އިސްލާހު ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކުރަމުން އަންނަ ކަމަށެވެ.

އަދި ވިދާޅުވީ ކުޅިވަރު ޤާނޫނަށް މިހާރުން މިހާރަށްވެސް ގެންނަން ޖެހޭ އިސްލާހު އެބަހުރި ކަމަށާއި، އެގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ އާބިޓްރޭޝަން ޓްރައިބިއުނަލް އަދި ހެދިފައިނުވާ ކަމަށާއި، އެހެންނަމަވެސް އާބިޓްރޭޝަން ޓަރައިބިއުނަލް އުފެއްދުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކުޑަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ ޖައުޝަން ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖައުޝަން އިތުރަށް ވިދާޅުވީ ކުޅިވަރު ޤާނޫނުގައި ހުރި މައްސަލަތަކަށް ވުރެ ބޮޑަށް މައްސަލަ އަކަށް ވަނީ ބައެއް ބޭބޭފުޅުންނަށް މިކަމުގައި އަމަލު ކުރެއްވޭ ގޮތުން ދިމާވާ މައްސަލަތަކެއް ކަމަށާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރަން ޖެހޭ ކަމަކީ ކުޅިވަރު ވޯޓުލުން ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރަން ޖެހޭނީ ކޯޓުން ނޫން ކަމަށާއި، ވޯޓުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރަކީ ގައުމީ ކުޅިވަރު އެސޯސިއެޝަންތަކުގެ އިންތިޚާބީ އަހަރަށްވާއިރު، މިހާތަނަށް ގިނަ އެސޯސިއޭޝަންތަކުން ވަނީ އިންތިޚާބު ބާއްވާފައެވެ. އެގޮތުން ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބާ ގުޅިގެން މައްސަލަތަކެއް ފެންމަތިވިއިރު، މި މައްސަލަ ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ. އެކަމަކު އަންގާރަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވީ ސިވިލް ކޯޓުން އިންތިޚާބު ފަސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ފެންމަތިވިއިރު، ކޯޓުން މައްސަލަ ބަލަން ފެށުމާއެކު އިންޓަނޭޝަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފައެވެ. އަދި ހަމަ މިއަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއެކު ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އިންޒާރު ދިނެވެ.

މި ދެ މައްސަލައިގައިވެސް ދެ އެސޯސިއޭޝަންވެސް ތަމްސީލުކުރައްވާފައިވަނީ ޤާނޫނީ ވަކީލު ޖައުޝަނެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
23 ޖޫން 2017

ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

23 ޖޫން 2017
ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު