Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

ގްރީން އަތުން 0-3 ގެ ނަތީޖާއިން ބަލިވި މެޗުން އަރައިގަންނަންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 23 ޖޫން 2017 | ހުކުރު 14:36
ނިއުގެ ކޯޗު ޓަވަރޭޒް

ނިއުގެ ކޯޗު ޓަވަރޭޒް

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޕްރެޝަރު ބޮޑު ކަމަށާއި، ޓީސީ ސްޕޯޓްސް ކްލަބް ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަން ޖެހޭ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ޓަވަރޭޒް ބުނެފި އެވެ.

މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓަވަރޭޒް ބުނީ މެޗުތަކުން ނިއު ބަލިވަމުން އަންނާތީ އެޓީމަށް ޕްރެޝަރާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، އެހެންނަމަވެސް ޓީސީ މި މެޗާ ކުރިމަތިލާ އިރު އެޓީމު އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައިވާ ކަމަށެވެ.

ޓީސީ ޓީމާ ބެހޭގޮތުން ވާހަކަދައްކަމުން ޓަވަރޭޒް ބުނީ އެޓީމަކީ އޭނާ ދެކޭގޮތުގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ރަނގަޅު ކުޅުންތެރިންތަކެއްވެސް އެބަތިބި ކަމަށެވެ. އެގޮތުން އޭނާ ބުނީ ލީގުގައި މާޒިޔާ ޕޮއިންޓްތަކެއް ގެއްލުވާލުމާއެކު އެޓީމާ ފައި ހަމަކުރަން މިއީ ރަނގަޅު ފުރުސަތެއް ކަމަށާއި، މެޗުން މޮޅުވުން މުހިންމު ކަމަށެވެ.

މެޗާ ކުރިމަތިލާއިރު، ނިއުގެ ބައެއް ކުޅުންތެރިން ސަސްޕެންޝަނުން ސަލާމަތްވެފައިވާ ކަމަށާއި، އެހެންނަމަވެސް ސަސްޕެންޝަނުން ސަލާމަތްނުވާ އެހެން ކުޅުންތެރިންވެސް އެބަތިބިކަމަށް ޓަވަރޭޒް ވަނީ ބުނެފައެވެ. އޭނާ ބުނީ ޖުލައި މަހަށްފަހު ނިއު ވަރަށް ވަރުގަދަވާނެ ކަމަށާއި، މިހާރު ކުރިޔަށްދާނީ ތިބި ކުޅުންތެރިންނާއެކުގައި ކަމަށެވެ.

ޓީސީއާ ދެކޮޅަށް ނިއު ނިކުންނައިރު، ކުރީ ދެ މެޗުގައި ސަސްޕެންޝަންގައި ތިބި ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު އާއި ގަލާޑޯ އަދި ޖަމައިލްގެ ސަސްޕެންޝަން ވަނީ ހަމަވެފައެވެ.

ނިއު އަދި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ 22:00 ޖަހާއިރެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު