Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއޯސީ

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

މި ޕްރޮގްރާމުގައި އެތުލީޓުންގެ ސިއްހަތާބެހޭ މައުލޫމާތު ދެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 01:14
އެމްއޯސީން ކުރިއަށްގެންދާ "އެތުލީޓްސް މެންޓަރިން ޕްރޮގްރާމް"ގެ ތެރެއިން

އެމްއޯސީން ކުރިއަށްގެންދާ "އެތުލީޓްސް މެންޓަރިން ޕްރޮގްރާމް"ގެ ތެރެއިން

ގައުމީ ހުރިހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުޅުންތެރިން ރަނގަޅު ސިއްހަތެއްގައި ތިބުމަށާއި އެ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އެއްވަރެއްގައި ބެހެއްޓުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން އެތުލީޓުންނަށް އަމާޒުކޮށްގެން ސިލްސިލާ ސެމިނާއެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ފަށައިފި އެވެ.

"އެތުލީޓްސް މެންޓަރިން ޕްރޮގްރާމް"ގެ ދަށުން ހޮނިހިރު ދުވަހުގެރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައި ބޭއްވި މި ޕްރޮގްރާމުގައި އެތުލީޓުންގެ ކެއިން ބުއިމާއި ސިއްހަތާއި ބެހޭ ގޮތުން ވަނީ ތަފާތު މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެމްއޯސީން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ގިނަ ރަން މެޑަލްތަކެއް ހޯދުމަށް އަމާޒު ހިފައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެތުލީޓުންގެ ސިއްހަތާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރީ އައިޖީއެމްއެޗްގެ ޑައިޓީޝަން އާޝިޔާ އަބްދުލް ރަހީމް އެވެ.

އާޝިޔާގެ ޕްރެޒެންޓޭޝަންގައި ހިމަނާފައި ވަނީ މައިގަނޑު ގޮތެއްގައި ކުޅިވަރު ކުޅޭ ކުޅުންތެރިން ކެއިން ބުއިމުގައި ގެންގުޅެންޖެހޭ އާދަތަކާއި ކެއުމުގައި ބޭނުންކުރާނެ ފައިދާހުރި ކާނާއާ ބެހޭ ތަފާތު މައުލޫމާތެވެ. އެގޮތުން ގިނަ ވަގުތު ކުޅުމުގައި ހަރަކާތްތެރިވާ އެތުލީޓުން ބޭނުންކުރާނެ ތަފާތު ކާނާ އާއި ކުރު ވަގުތު ކޮޅެއްގައި ކުޅިވަރުގައި ހަރަކާތްތެރިވާ އެތުލީޓުން ބޭނުންކުރާނެ ކާނާއާ ބެހޭ މައުލޫމާތު އެފަރާތުން ވަނީ ހިއްސާކޮށްފަ އެވެ.

އާޝިޔާގެ އިތުރުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) ވެސް ވަނީ މި ޕްރޮގްރާމުގައި އެބޭފުޅާގެ 12 ހަފްތާގެ ޓްރެއިނިންގ ޕްރޮގްރާމަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ. އެގޮތުން ރަނގަޅު ސިއްހަތެއްގައި ހުރު މަށާއި ކެއިން ބުއިމުގައި ބޭނުންކުރާނެ ރަނގަޅު ކާނާއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރި އެވެ.

މަރޭ ވަނީ އެބޭފުޅާގެ 12 ހަފްތާގެ ތަމްރީނުތަކުން އެނގިގެންދިޔަ ކަންތަކާއި ހޯދި ކާމިޔާބީއާ ބެހޭ ގޮތުން އެތުލީޓުންނަށް މައުލޫމާތު ހިއްސާކޮށް އެހާ ދޮށީ އުމުރަކުން ހަށިގަނޑަށް ގެނެވުނު ބަދަލާއެކު ޒުވާން އެތުލީޓުންނަށް ވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ގޮވާލާފަ އެވެ.

އެމްއޯސީން ބުނީ މި ޕްރޮގްރާމަކީ ސިލްސިލާކޮށް އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮގްރާމެއް ކަމަށާއި އެހެން ކަމުން މި ސިލްސިލާގެ ދަށުން އަދި އިތުރު ދެ ޝެޝަނެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެގޮތުން ދެން އެންމެ އަވަހަށް ކުރިއަށްގެންދެވޭނީ ގައުމީ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި އެއަށްފަހު ދެން ކުރިއަށްގެންދާނީ އިންޑިވިޑުއަލް އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު