Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލަ

ޚަޝޯގީގެ މަރު: 8 މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ޖަލަށްލާން ހުކުމް ކުރި މީހުންނަށް 7 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އައިސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2020 | އަންގާރަ 02:36
މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީގެ ޕޯސްޓަރުތަކެއް ހިފައިގެން

މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީގެ ޕޯސްޓަރުތަކެއް ހިފައިގެން

ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން 8 މީހަކު ޖަލަށް ލާން އެގައުމުގެ ކޯޓުން ހުކުމްކޮށްފި އެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަން ތަނާ މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން ޖަލަށްލާން ހުކުމް ކުރި މީހުންނަށް 7 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އައިސްފައެވެ. މިމީހުން ޖަލަށް ލުމަށް ހުކުމް މިއިއްވީ ޚަޝޯގީގެ އާއިލާއިން އޭނާގެ ގާތިލުންނަށް މަޢާފުދިންތާ ހަތަރު މަސް ފަހުންނެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ކުރިޔަށްދިޔަ ޝަރީޢަތަށް އދ ގެ އޮފިޝަލުންގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއީ ޚަޝޯގީ މަރާލުމުގެ އަޑީގައި ތިބި މީހުން ދޫވެ އެހެން ބަޔެއްގެ މައްޗަށް ޝަރީޢަތް ހިނގަމުން ގޮސްފައިވާތީ އެވެ.

ޚަޝޯގީ އަކީ ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށާއި ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ނޫސްވެރިއެކެވެ. ޚަޝޯގީގެ މަރާ ގުޅިގެން ސަލްމާނަށާއި ރަސްކަމުގެ ދަރުބާރަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ސައުދީގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި ފަސް މީހަކަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އެކަކަށް 10 އަހަރު އަދި އަނެއް ދެ މީހުންނަށް އިއްވާފައިވަނީ 7 އަހަރުގެ ޖަލުގެ ހުކުމެވެ. ޖަލު ހުކުމް އިއްވާފައިވަނީ ކޮން ބަޔަކަށް ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ކޯޓު ހުކުމަށްފަހު ހަޝޯގީ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ހެޓިސީ ސަންގީޒް ބުނެފައިވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ 8 މީހުންގެ ތެރޭގައި ޚަޝޯގީ މަރާލުމުގެ ޒިންމާވާން ޖެހޭ މީހުން ނުހިމެނޭކަމަށެވެ.

"ސައުދީ ސަރުކާރުން މިމައްސަލަ ނިންމާލަނީ ޚަޝޯގީގެ އަސްލު ގާތިލުންނަކީ ކޮން ބައެއް ކަން ދުނިޔެއަށް ނާންގާ. ކާކު މިކަން ރޭވީ؟ ކާކު އޯޑަރު ކުރީ؟ އޭނާގެ ހަށިގަނޑު ކޮބާ؟ " ހުކުމާއި ގުޅިގެން ހެޓިސީ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މިމައްސަލައާ ގުޅިގެން ފަސް މީހަކު މެރުމަށް ސައުދީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ތިން މީހަކު ޖަލަށް ލުމަށްވެސް ހުކުމްކޮށްފައިވެ އެވެ. މިއަހަރުގެ މެއި މަހު ޚަޝޯގީގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ގާތިލުންނަށް މަޢާފްކޮށްފައިވާ ކަމަށެވެ. އެއާއެކު މެރުމަށް ހުކުމްކޮށްފައިވާ ފަސް މީހުން ވަނީ އެކަމުން ސަލާމަތްވެފައެވެ.

މިމައްސަލާގައި މީގެކުރިން ހުޅަނގު ގައުމުތަކުންނާއި ސީއައިއޭއިން ބުނަމުން ގޮސްފައިވަނީ ހަޝޯގީ މަރާލުމަށް އަމުރުކޮށްފައިވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު ކަމުގައެވެ. ނަމަވެސް ސައުދީ އޮފިޝަލުންނާއި ހުދު ސަލްމާންވެސް ގެންދަވަނީ އެކަން ދޮގު ކުރައްވަމުންނެވެ.

ޖަލު ހުކުމާއި ގުޅިގެން ސައުދީގެ ގިނަ ބަޔަކު ވަނީ ޓްވިޓަރ ގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ސައުދީ ސަރުކާރަށް މިކަމުގައި ތައުރީފް ކުރަމުން އެއްބަޔަކު ބުނެފައިވަނީ ސައުދީގެ ރަސްކަމުގެ ދަރުބާރަށް މިހާތަނަށް ސިޔާސީ ގޮތުން ކުރިމަތިވި އެންމެ ބޮޑު ކޭސް މިހުކުމާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ހުކުމާއެކު ސައުދީ އަކީ އިންސާފު ލިބޭ ތަނަކަށް ވެއްޖެކަމަށެވެ.

އެހެންނަމަވެސް ޔޫއެންގެ ސްޕެޝަލް ރެޕަޓުއަރ އެގްނެސް ކެލަމާޑް ވިދާޅުވީ މިމައްސަލާގައި ޝާމިލްވާ އިސް އޮފިޝަލުންނަށް ހުކުމް ނީއްވާ ސައުދީން އިންސާފަށް ފުރުއްސާރަކޮށްފައިވާ ކަމަށެވެ.

" މިމައްސަލައިގެ ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވަނީ އިންސާފުވެރި އަދި ދެ ފުށް ފެންނަ ގޮތަކަށް ނޫން. މިކަމުގައި ޒިންމާވާން ޖެހޭ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ނަންވެސް ނުގަނެ ޝަރީޢަތް ނިންމާލީ." އެގްނެސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.

މެދު އިރުމައްޗާއި އުތުރު އެފްރިކާ ޑިވިޝަންގެ ހިޔުމަން ރައިޓްސް ވޮޗްގެ ޑެޕިޔުޓީ ޑިރެކްޓަރ އެޑަމް ކޫގްލް ވިދާޅުވީ މިމައްސަލާގައި ވަކިވަކި މީހުންނަށް އިއްވި ހުކުމްތަކުން އެގައުމުގެ އިސް އޮފިޝަލުން މިކަމުން ސަލާމަތްކޮށްދީފައި ވާތަން ފެންނަކަމަށެވެ.

މިކަމުގައި ތުހުމަތުކުރެވޭ ސައުދީ އަރަބިއްޔާގެ 20 އޮފިޝަލެއްގެ ޝަރީޢަތް ޖުލައި މަހުން ފެށިގެން ކުރިޔަށް ގެންދާ، ތުރުކީ ވިލާތުން ބުނެފައިވަނީ މިމައްސަލާގައި އެގައުމުން ކުރިޔަށް ގެންދާ ތަހުގީގަށް ސައުދީ އަރަބިއްޔާގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދިވެސް ޚަޝޯގީގެ ހަށިގަނޑަށްވީ ގޮތެއް ނޭނގޭކަމަށާއި އޭނާ މަރާލަން ބޭނުންވީ ކޮންބައެއްކަން ނޭނގޭކަމަށް ތުރުކީން ބުނެއެވެ.

އުމުރުން 59 އަހަރުގައި ޚަޝޯގީ މަރާލާފައިވާއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ. އަނިޔާވެރި ގޮތަކަށް ޖަމާލް ޚަޝޯގީ މަރާލާފައިވަނީ، ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ލިއެކިއުންތަކެއް ބަލާދިއުމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު