Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީ

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

ރަފާ މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 15:21
އައިޝަތު ރަފާ ނާޒިމް، އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެނީ

އައިޝަތު ރަފާ ނާޒިމް، އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެނީ

މިހާރު ކުރިޔަށްދާ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓުން ރާއްޖޭގެ ގައުމީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުން މޮޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ މޫމިތާ އަލަމްއާ ވާދަކޮށް ރަފާ މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މިއީ މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ސިންގަލްސް އިވެންޓުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި މެޗުން މޮޅުވުމާއެކު ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ރަފާ ނުކުންނާނީ ހޮންކޮންގުގެ ކުޅުންތެރިޔާ ވައި ޔަމް މިއްނީ ސޫ އާއެވެ.

ރަފާ އާއި ޒީސްތު ވަނީ މިމުބާރާތުގެ މިކްސް ޑަބަލްސްގައި ކިރިގިސްތާންގެ ޕެއާއެއްގެ އަތުން ތިން ސެޓުން މޮޅުވެފަ އެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް ވަނީ ޖޯޑަންގެ ބާރާ އަލް ވަދިއަންގެ އަތުން 3 ސެޓު 1 ސެޓުން ބަލިވެފަ އެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ރަފާ ބުނެފައި ވަނީ މި މުބާރާތުން މެޑައްޔެއް ލިބެން ނެތް ނަމަވެސް ވާދަކުރާ ކޮންމެ މެޗަކުން ވެސް މޮޅުވުމަކީ އޭނާގެ އަޒުމެއް ކަމަށާއި އެގޮތުން ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ދެކިގެން މޮޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ވަނީ ޓީމު އިވެންޓުން ކަޓާފައެވެ. އެގޮތުން ފިރިހެން ޓީމު ބަލިވީ ކަޒަކިސްތާން، ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުންނެވެ. މީގެ ތެރެއިން ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުން ފިރިހެން ޓީމު ބަލިވެފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުންނެވެ. އެހެންނަމަވެސް ކަޒަކިސްތާން އަތުން ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި އިންޑިވިޖުއަލް އިވެންޓުތައް ފަށާނީ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް މިކްސް ޑަބަލްސްގެ މެޗުތައް ބުދަ ދުވަހުވެސް ކުޅޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު