Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޭބަލް ޓެނިސް

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

ޓީމާއެކު ޗައިނާއަށް ފުރާފައި ވަނީ 7 ކުޅުންތެރިން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 21:24
އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓެބަލް ޓެނިސް ޓީމު

އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓެބަލް ޓެނިސް ޓީމު

އަންނަ މަހުގެ 9 އިން 16 އަށް ޗައިނާގެ ވޫޝީގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓެބަލް ޓެނިސް ޓީމު އެގައުމަށް ދިއުމަށް ފުރައިފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ފުރި ޓީމުގައި ހިމެނެނީ އަންހެން 4 ކުޅުންތެރިންނާއި ފިރިހެން 3 ކުޅުންތެރިންނެވެ. އެގޮތުން ޓީމުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ ޝަރީފާއި އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ޖުމާނާ ނިމާލް އަދި އައިޝަތު ފަދުވާ ރަޝީދެވެ.

މި މުބާރާތަށް ފުރި ފިރިހެން ކުޅުންތެރިންނަކީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމް އަދި މުހައްމަދު ޝައްފާން އިސްމާއިލް އެވެ. މި ޓީމާއެކު ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު އަދި ގައުމީ ޓީޓީ ޓީމުގެ ބިދޭސީ ކޯޗު ޗަމިންދަ ރޮޑްރިގޯ ވެސް ވަނީ ޗައިނާ އަށް ފުރާފަ އެވެ.

މި މުބާރާތުގެ ކުރިން ގައުމީ ޓީޓީ ޓީމް ޗައިނާގެ ނަންޖިންގައި އެއް ހަފްތާގެ ފަރިތަކުރުންތައް ކުރިއަށްގެންދާނެ އެވެ. އެގޮތުން މި ފަރިތަކުރުންތަކުގައި އެގައުމުގެ ޕްރޮވިންސް ލެވެލްގެ ކުޅުންތެރިންނާއެކު މެޗުތައް ކުޅެވޭނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ކުރިން ތަމްރީނު ދަތުރުގެ ކަންތައް ހަމަޖެހިގެން ދިޔައީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ހިޒް އެކްސެލެންސީ ވަން ފޫކަންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް މުހިންމު މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރަށް ބެލުމަށްފަހު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވާލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު