Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

ރަފާ އަދި ޒީތް ކިރިކިސްތާންގެ ޕެއާ ބަލިކުރީ ތިން ސެޓުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 17:46
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން

މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވޫޝީގައި ކުރިޔަށްދާ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް އާއި އައިޝަތު ރަފާ ކިރިގިސްތާން ޕެއާއާ ވާދަކުރި މެޗުން މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުޅުނު މިކްސް ޑަބަލްސް މެޗުން ޒީސްތްއާއި ރަފާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އަންގާރަ ދުވަހު ކުޅުނު މިކްސްޑަބަލްސް ދެވަނަ މެޗުން ރާއްޖޭގެ މޫސާ މުންސިފްއާއި ފާތިމަތު ޖުމާނާ ވާދަކުރި މެޗުން އެ ދެކުޅުންތެރިން ވަނީ ބަލިވެފައެވެ. ސިންގަޕޫރު ޕެއާއާ ވާދަކޮށް މި ދެ ކުޅުންތެރިން ބަލިވެފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ.

މުބާރާތުގައި އިންޑިވިޖުއަލް އިވެންޓުތައް ފަށާނީ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް މިކްސް ޑަބަލްސްގެ މެޗުތައް ބުދަ ދުވަހުވެސް ކުޅޭނެ އެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ވަނީ ޓީމު އިވެންޓުން ކަޓާފައެވެ. އެގޮތުން ފިރިހެން ޓީމު ބަލިވީ ކަޒަކިސްތާން، ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުންނެވެ. މީގެ ތެރެއިން ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުން

ފިރިހެން ޓީމު ބަލިވެފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުންނެވެ. އެހެންނަމަވެސް ކަޒަކިސްތާން އަތުން ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭ އަންހެން ޓީމު ތިން މެޗު ކުޅެފައިވާއިރު، އެ ތިން މެޗުންވެސް އަންހެން ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން މި ތިން މެޗުންވެސް އަންހެން ޓީމު ބަލިވީ ތިން ސެޓުންނެވެ. އަންހެން ޓީމު މުބާރާތުގައި ވާދަކޮށްފައިވަނީ ސްރީލަންކާ، އުޒްބަކިސްތާން އަދި އިންޑިއާއާ އެވެ.

މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް މުހިންމު މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ބެލުމަށްފަހު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު