Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޭބަލް ޓެނިސް

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ހުރިހާ ކުޅުންތެރިން ވެސް ތިބީ އެއް އަޒުމެއްގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 09:29
ޓީޓީ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ގައުމީ ޓީމު

ޓީޓީ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ގައުމީ ޓީމު

މިފަހަރުގެ ޓީޓީ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި އެހެން ކަމުން މި މުބާރާތަށްފަހު ބޭނުންވަނީ އަންނަ އަހަރުގެ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތެއް ހޯދަން ކަމަށް ޓީޓީ ގައުމީ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

އަންނަ މަހުގެ 9 އިން 16 އަށް ޗައިނާގެ ވޫޝީގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓެބަލް ޓެނިސް ޓީމު އެގައުމަށް ގޮސްފައިވާ އިރު، ޓީޓީ ޓީމް ޗައިނާގެ ނަންޖިންގައި އެއް ހަފްތާގެ ފަރިތަކުރުންތައް ކުރިއަށްގެންދާނެ އެވެ.

ޓީޓީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް

މުބާރާތަށް ފުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ޓީޓީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް ބުނީ މި މުބާރާތުގައި ވާދަކުރާ އިރު ގިނަ މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެ މެޗުތަކަށްފަހު ޓީމުތައް ރޭންކު ކުރެވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެހެން ކަމުން މި މުބާރާތުގެ މެޗުތަކަށްފަހު ރާއްޖޭގެ ރޭންކިންގ މައްޗަށް ޖެހި ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ، އެއީ އުންމީދަކީ، ޓީމުގައި މިތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް، އަންހެން ޓީމުވެސް އަދި ފިރިހެން ޓީމުވެސް، އުންމީދު މިކުރަނީ ޒުވާން ކުޅުންތެރިންނާއެކު ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް." ޖުމާނާ ބުންޏެވެ.

ޓީމުގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ކަމަށްވާ މޫސާ މުންސިފް އަހުމަދު ބުނީ އޭޝިއަން ޗެމްޕިއަންޝިޕަކީ ޓީޓީގެ އެންމެ ވަރުގަދަ ޓީމުތައް ވާދަކުރާ މުބާރާތް ކަމަށާއި އެގޮތުން އޭޝިއާގައި ހިމެނޭ ޓީޓީ އަށް މޮޅު ހުރިހާ ގިނަ ގައުމުތަކެއް މި މުބާރާތުގައި ވާދަކުރާނެ ކަމަށެވެ.

މުންސިފް ބުނީ މި މުބާރާތުން ރާއްޖޭގެ ރޭންކިން މައްޗަށް ގޮސްގެން ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޓީޓީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ކަމަށްވާ މޫސާ މުންސިފް އަހުމަދު

"ޓީމުގެ ޓްރެއިނިންތައް މާލޭގައި ދިޔައީ ވަރަށް ރަނގަޅަށް، ކޯޗުގެ އެހީގައި ވަރަށްގިނަ ކަންތައްތައް ކުޅުންތެރިންނަށް ދަސްވެފަ ހުރީ، ދެން އޮތީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުން." މުންސިފް ބުންޏެވެ.

ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާ އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް ބުނީ މި މުބާރާތަށް ތައްޔާރުވުމަށްޓަކައި މިއަހަރު ފެށުނު ހިސާބުން ތަމްރީނުތައް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި އެގޮތުން ކޮންމެ ރެއެއްގެ ވެސް ތިން ގަޑިއިރު ފަރިތަކުރުންތަކުގައި ހޭދަކޮށްފައިވާނެ ކަމަށެވެ.

ރަފާ ބުނީ މި މުބާރާތުން މެޑައްޔެއް ލިބެން ނެތްކަމުގައި ވީނަމަވެސް ވާދަކުރާ ކޮންމެ މެޗަކުން ވެސް މޮޅުވުމަކީ އޭނާގެ އަޒުމެއް ކަމަށާއި އެގޮތުން ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ދެކިގެން މޮޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ރަފާ ބުނީ ބޮޑު މުބާރާތެއްގައި ވާދަކުރުމުގެ ކުރިން ގައުމުން ބޭރު ކުޅުންތެރިންތަކަކާ ވާދަކޮށްލަން ލިބުމަކީ މުބާރާތެއްގައި ވާދަކުރާއިރު ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބިގެންދާނެ ފައިދާއެއް ކަމަށެވެ.

އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް

"ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނާއި މުޅި އެސޯސިއޭޝަނުން ވެސް އަސްލު ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ، އެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ އެއްޗެހިތަކެއް ކޮންމެ ދުވަހަކުވެސް ދަސްވަމުންދަނީ، އެކަމުގެ ފައިދާ އިރާދަކުރެއްވިއްޔާ މުބާރާތުގައި ނެގިގެންދާނެ." ރަފާ ބުންޏެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ބުރާސްފަތި ދުވަހު ހަވީރު ފުރި ޓީމުގައި ހިމެނެނީ އަންހެން 4 ކުޅުންތެރިންނާއި ފިރިހެން 3 ކުޅުންތެރިންނެވެ. އެގޮތުން ޓީމުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ ޝަރީފާއި އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ޖުމާނާ ނިމާލް އަދި އައިޝަތު ފަދުވާ ރަޝީދެވެ.

މީގެ އިތުރުން ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމް އަދި މުހައްމަދު ޝައްފާން އިސްމާއިލް އެވެ.

މިޓީމާއެކު ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު އަދި ގައުމީ ޓީޓީ ޓީމުގެ ބިދޭސީ ކޯޗު ޗަމިންދަ ރޮޑްރިގޯ ވެސް ވަނީ ޗައިނާ އަށް ފުރާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު