Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ ސަފީރު

ސިޔާސީ ޕާޓީތަކުގެ ގޭމު އުކުޅަކަށް ޗައިނާ ނުވާނެ: ޗައިނާ ސަފީރު

7 ސެޕްޓެމްބަރު 2020 | ހޯމަ 14:21

ލޯކަލް ސިޔާސީ ޕާޓީތަކުގެ ގޭމްގެ އުކުޅަކަށް ބޭނުން ކުރިޔަސް ހަގީގަތް އޮޅުވައެއް ނުލެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 ސެޕްޓެމްބަރު 2020 | ހޯމަ 14:21
ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޗައިނާ ސަފީރު ޒަންގ ލިޒޮންގ

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޗައިނާ ސަފީރު ޒަންގ ލިޒޮންގ

ޗައިނާ ސިޔާސަތުގެ ހަގީގަތެއް ބަޔަކު ކުރަމުންދާ ދޮގު ތުހުމަތުތަކާ ގުޅިގެން ބަދަލެއް ނުކުރެވޭނެ ކަމަށާއި، އަދި ސިޔާސީ ޕާޓީތަކުގެ ގޭމް އުކުޅަކަށް ޗައިނާ ބޭނުން ކުރިޔަސް ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށް ޗައިނާގެ ސަފީރު ޒަންގ ލިޒޮންގ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިހެން ވިދާޅުވީ ރާއްޖެޓިވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ޗައިނާ އަށް ފާޑުވިދާޅުވެ، އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ފައިސާ ހަރަދު ކުރަނީ ޗައިނާ އިން ކަމަށް ބުނެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މިކަން ދޮގު ކުރައްވާ ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ޗައިނާގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ ގުޅުން ބަދަހި ކުރާ ސިޔާސަތެއް ކަމަށެވެ. އަދި އެކަން ވާނީ މާޒީގެ ތެރެއިން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައި ކަމަށް ސަފީރު ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.

ސިޔާސީ ދުނިޔެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަ ބޮލި ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތަކީ ޗައިނާ ސަރުކާރުން ފައިސާ ހަރަދު ކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ހާލަތެއްގައި މުޅި ދުނިޔެ ވަނިކޮށް ޗައިނާ އިން ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ބެހުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ޗައިނާގެ ސަރުކާރަށް ދަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު "ބޮޑު މަންޒަރު އަދި އޮތީ" ކަމަށް ބުނެ ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، ދައްކަވަން އުޅޭ ބޮޑު މަންޒަރު ކިތަންމެ ފަހަރަކު ފެނިފައިވާ ކަމަށާއި، ބޮޑު މަންޒަރޭ ކިޔައިގެން އަލުން އަނބުރާ އެމްޑީޕީގެ ވެރިކަން ވައްޓާލާނެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު އެމްޑީޕީގެ ވެރިކަމާ ތޮޅި، ބޭނުން ގޮތެއް ހަދަން އިދިކޮޅަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިދިކޮޅަށް ހަޖަމު ނުވެގެން އުޅެނީ އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތައް ފެނި އެހެން ގޮތެއް ނެތިގެން ކަމަށެވެ. އަދި މި ސަރުކާރުން އަބަދު ވެސް ކުރިއަށް ދާނީ ހުރިހާ އަވަށްޓެރި ގައުމުތަކަކާއި ގުޅިގެން އެފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ހޯދަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އަވަށްޓެރި އިންޑިއެކޭ އެއްގޮތަށް ޗައިނާ އަކީ ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށް ވިދާޅުވެ، އަދުގެ ސަރުކާރު ސިޔާސަތުތަކާ ޗައިނާ އިން ނުބެހުމަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް