Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ރައީސް ޔާމީން އަކީ ވާދަވެރި ސިޔާސީ މާހައުލަށް ބިރުގަންނަ ބޭފުޅެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 ފެބުރުއަރީ 2017 | ބުރާސްފަތި 18:15
ކުރީގެ ނައިބު ރައީސް ޑރ ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ ޖަމީލް

ރާއްޖޭގައި ސިޔާސީ މިނިވަންކަން ހޯދަން އެންމެހާ ރައްޔިތުން ތެދުވަން ވެއްޖެ ކަމުގައި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ފިއްތުންތަކާހުރެ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

އިދިކޮޅު އިއްތިހާދު މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރ ޑރ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ސިޔާސީ މިނިވަންކަން ހޯދުމަށް އެންމެ ރައްޔިތުން ތެދުވާން ވެއްޖެ ކަމަށާއި ރައީސް ޔާމީންއަކީ ވާދަވެރި ސިޔާސީ މާހައުލަށް ބިރު ގަންނަ ބޭފުޅެއް ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ތަފާތު ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބު ވަނީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން ޤާނޫނު އަސާސީގައި ބުނެފައިވާ ތާރީޚަށް ވުރެ ފަސްކޮށްފައެވެ. އެއިންތިޚާބު ބާއްވަން ފަހުން އިއުލާން ކުރި ތާރީޚްވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެ ކަމަށް ބެލެވޭ ހުރިހާ ފަރާތްތަކަކަށް މިހާރު ވަނީ އެ ފުރުސަތު ހަނިކޮށްފައި ކަމަށެވެ. ރައީސް ނަޝީދަށާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ވަނީ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައެވެ. ޤާނޫން އަސާސީއަށް ބަދަލު ގެނެސް ރައީސް މައުމޫނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ގެއްލުވާލައިފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު