Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޓޯޝިޕް ޕްރޮގްރާމް

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

މި ޕްރޮގްރާމުގައި 35 ކޯޗުން ވަނީ ބައިވެފައި

ލީވާން އަލީ
ލީވާން އަލީ | 15 އެޕްރީލު 2017 | ހޮނިހިރު 18:18
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމްގެ ތެރެއިން

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމްގެ ތެރެއިން

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން އިސްނަގައިގެން އޮލިމްޕިކް ސޮލިޑަރިޓީއާ ގުޅިގެން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެމްއޯސީގައި ރަޖިސްޓްރީކޮށްފައިވާ އެސޯސިއޭޝަންތަކުގެ ތެރެއިން ޖުމްލަ 35 ކޯޗުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެކި އެކި އެސޯސިއޭޝަންތަކުގެ އަރަމުން އަންނަ ކޯޗުން ހިމެނެއެވެ.

މި ކޯޗުންނަށް ތަމްރީން ދީފައިވަނީ ހަންގޭރީގެ ސްޕޯޓްސް ޕާފޯމެންސް ސްޕެޝިލިސްޓެއް ކަމަށްވާ ރެނޭޓާ އަގޯއެވެ.

އެމްއޯސީން ބުނީ މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ގައުމީ ލެވެލްގެ ކޯޗުންގެ ފެންވަރު ރަނގަޅުކޮށް، ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ދަސްކޮށްދިނުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން އިތުރު ތަމްރީން ޕްރޮގްރާމްތައްވެސް ތަނަވަސްވެގެންދާނެ ކަމަށް އެމްއޯސީން ބުނެއެވެ.

ކޯހުގައި ބައިވެރިވި ކޯޗުން ފާހަގަކޮށް އެ ކޯޗުންނަށް އިތުރު ކޯސްތަކެއް ހޯދައިދިނުމަށް މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެމްއޯސީގައި އެދިފައެވެ. އެގޮތުން އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވަނީ އެކަމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، މި ޕްރޮގްރާމުގައި ކިޔަވައިދެއްވި ރެނޭޓާއަށް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ހަދިޔާތަކެއް ދީފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
30 އެޕްރީލު 2017

ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ

30 އެޕްރީލު 2017
ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ
27 އެޕްރީލު 2017

ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް 18 އަހަރުންދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް

27 އެޕްރީލު 2017
ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް 18 އަހަރުންދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް
22 އެޕްރީލު 2017

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް

22 އެޕްރީލު 2017
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު