Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް

ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް 18 އަހަރުންދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް

މި މެޗު ވިލާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2017 | ބުރާސްފަތި 20:08
ވިލާ އަދި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗަށްފަހު ވިލާ ކުޅުންތެރިއަކަށް އިނާމް ހަވާލުކުރަނީ

ވިލާ އަދި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗަށްފަހު ވިލާ ކުޅުންތެރިއަކަށް އިނާމް ހަވާލުކުރަނީ

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މައިލޯ އިންޓަރ ސްކޫލް 18 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކޮށް ވިލާ އިން ޗެމްޕިއަންކަން ހޯދީ ދ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް 0-2 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ވިލާއިން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޔާން އަހުމަދު ރަޝީދެވެ.

މިލަނޑަށްފަހު ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ފުރަތަމަ ހާފު ނިމިގެންދިޔައީ އިތުރު ލަނޑެއް ނުޖެހި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް ވިލާ ހައި ސްކޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދ. އަތޮޅު ތައުލީމީ މަރުކަޒަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ވިލާ ހައި ސްކޫލުން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ލަނޑެއްޖަހާ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އުންމީދު ފުނޑުފުނޑު ކޮށްލާފައެވެ. މިލަނޑު ވިލާ ހައި ސްކޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމްވީލެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ތިން ކުޅުންތެރިންނަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް 6 ލަނޑު ކާމިޔާބުކޮށްދިން އިޔާން އަހުމަދު ރަޝީދާއި ދ. އަތޮޅު ތައުލީމީ މަރުކަޒަށް 4 ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ޒައްޔާން އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް 3 ލަނޑު ކާމިޔާބުކޮށްދިން މުސައްނިފް މުހައްމަދެވެ.

މި މުބާރާތުގެ ޑްރީމް ޓީމަކަށް ހޮވުނީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯލު ކީޕަރު އަހުމަދު ސަމާހް އަލީ އާއި މުހައްމަދު ޒައްޔާން އާއި މުހައްމަދު ޝަޒީލް އާއި ހުސައިން އަހުސަމް މޫސާ އަދި އިރުޝާމް އާދަމް ނަސީރެވެ.

މީގެ އިތުރުން ދެން ޑްރީމް ޓީމުގައި ހިމެނެނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ނޫރުﷲ މުފީދާއި ސީއެޗްސީގެ ރިޝްވާން އިސްމާއިލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މުސައްނިފް މުހައްމަދާއި އިޔާން އަހުމަދު ރަޝީދާއި އަހުމަދު ޝާވިން ޝިހާމް އަދި އަބްދުﷲ ނާވިޝް އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު