Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

އާސެނަލްއާއެކު ކާމިޔާބީތަކެއް ހޯދަން އޮޒިލް ބޭނުންވޭ

ލީވާން އަލީ
ލީވާން އަލީ | 2 މެއި 2017 | އަންގާރަ 07:34
އާސެނަލްގެ މިޑްފިލްޑަރު އޮޒިލް

އާސެނަލްގެ މިޑްފިލްޑަރު އޮޒިލް

އާސެނަލް އަށް ކުޅެމުން އަންނަ މެސުޓް އޮޒިލް ހޯދުމަށް ތުރުކީގެ ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 28 އަހަރުގެ އޮޒިލްގެ ސޮއިހޯދުމަށް އޭނާގެ އެޖެންޓާ ފެނަބާޗޭ އިން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މި ސީޒަނަށްފަހު އޭނާ އާސެނަލް ދޫކޮށްލާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އާސެނަލް އަށް ކަށަވަރުނުވެއްޖެ ނަމަ އޮޒިލް ހުރީ އާސެނަލް ދޫކޮށްލަން ތައްޔާރަށް ކަމަށާއި، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކްލަބަކަށް އޭނާ ބަދަލުވާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޗައިނީޒް ސުޕާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑު ރިޖެކްޓުކުރިކަން ދާދި ފަހުން އޮޒިލް ހާމަކޮށްފައިވާއިރު، އޭނާ ބުނީ އާސެނަލްއާ އެކު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޑެއިލީ މެއިލް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޮޒިލް ބުނީ އާސެނަލް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށާ، އެގޮތުން ޓްރާންސްފާ ބާޒާރުގައި ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ގެންނަންޖެހޭ ކަމަށެވެ.

އޮޒިލް ބުނީ އާސެނަލްގެ ސްކޮޑަށް ބަލާއިރު، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ސްކޮޑްހާ ވަރުގަދައެއް ނޫން ކަމަށާ، ބޮޑެތި ޓީމުތަކާ ދެކޮޅަށް އާސެނަލްގައި މިހާރު އޮތް ސްކޮޑާއެކު ނިކުންނަން އުނދަގޫވާނެ ކަމަށެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވިދާލީ 2010 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 159 މެޗު ކުޅެ، 27 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 149 މެޗު ކުޅެ، 30 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު