Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

އަބަހާނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައި

ލީވާން އަލީ
ލީވާން އަލީ | 17 މެއި 2017 | ބުދަ 19:28
އަބަހާނީގެ ކޯޗު މަމިޗް

އަބަހާނީގެ ކޯޗު މަމިޗް

އޭއެފްސީ ކަޕްގައި މާޒިޔާ އަތުން އަބަހާނީ ބަލިވީ ގޯލު ކީޕަރުގެ ފަރާތުން ފެނިގެންދިޔަ ގޯހުން ކަމަށް އެޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފިއެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަމިޗް ބުނީ މެޗުގައި ފުރަތަމަ ފެނިގެންދިޔަ ލަނޑަކީ ގޯލު ކީޕަރުގެ ފަރާތުން ފެނިގެންދިޔަ ގޯހަކުން ވަތް ލަނޑެއް ކަމަށާއި، އެ ލަނޑާއެކު މެޗުގެ ނަތީޖާ ބަދަލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ އެ ގޯސް ގޯލު ކީޕަރުގެ ފަރާތުން ފެނިގެންނުދިޔަ ނަމަ މެޗު އެއްވަރުކޮށްލައިގެން އަބަހާނީއަށް ނިންމާލަން ފުރުސަތު ލިބުނު ކަމަށެވެ.

މަމިޗް ބުނީ އަބަހާނީގެ ގޯލު ކީޕަރުގެ ފަރާތުން އެވަރުގެ ގޯހެއް ގެންނަންޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އާ ޓީމަކަށްވުމުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އަބަހާނީގައި ހިމެނެނީ އެޓީމަށް ކުޅުނު އެންމެ ދެ ކުޅުންތެރިން ކަމަށާއި، ބާކީ ތިބީ ހުސް އާ ކުޅުންތެރިން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ޓީމު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، ހުރިހާ ވިސްނުމެއްވެސް ދެން ބަހައްޓާނީ އެފްއޭކަޕް ކާމިޔާބުކުރަން ކަމަށެވެ.

މާޒިޔާ ޓީމަށް މަރުހަބާ ކިޔަމުން މަމިޗް ބުނީ މާޒިޔާ އަންނަނީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދަމުން ކަމަށާއި، މެޗުގައިވެސް އެޓީމު ރަނގަޅު ކުޅުމެއް ދައްކާ ދެ ލަނޑު ކާމިޔާބުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ބުނީ މޯހަން ބަގާންއާ ދެކޮޅަށް ބެންގަލޫރު އެފްސީ ކުޅޭ މެޗުން ބެންގަލޫރު އެފްސީ މޮޅުވެއްޖެ ނަމަ ގްރޫޕްގެ ޗެމްޕިއަންކަން ހޯދުން އެންމެ ގާތީ ބެންގަލޫރު އެފްސީ ކަމަށެވެ.

އޭއެފްސީ ކަޕްގައި އަބަހާނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައިވާއިރު، އެޓީމު ވަނީ ބެންގަލޫރު އެފްސީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު