Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ

ވިކްޓްރީ އަތުން ވެލެންސިޔާ ބަލިވީ 1-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 30 އެޕްރީލު 2017 | އާދީއްތަ 18:59
ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

އެސްޓީއޯ މާލޭ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ ބަލިވި މެޗަކީ މޮޅުވާން މަޖުބޫރު މެޗެއް ކަމަށް ކްލަބު ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ވެލެންސިޔާ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެސްކޯ ބުނީ މިހާތަނަށް ކުޅުނު އެހެން މެޗުތަކާ އަޅާ ބަލާއިރު މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފެސްކޯ ބުނީ މެޗުގައި އަބަދުވެސް އެޓީމަށް ދިމާވަމުން އަންނަ މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވޭތަން ކަމަށާއި އެގޮތުން މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުނު ކަމަށެވެ.

ރަނގަޅު ނަތީޖާއެއް ނެރެވޭނީ އެ މެޗެއްގައި ޓީމަކުން ދައްކާ ރަނގަޅު ކުޅުމާއެކު ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެންކަން ފާހަގަ ކުރަމުން ފެސްކޯ ބުނީ މެޗު އެއްވަރުކުރެވިފައި ވަނިކޮށް އިދިކޮޅުން އަނެއްކާވެސް ގޯލެއް ކާމިޔާބުކުރުމާއެކު ޓީމު އެއްކޮށް ހަމައަކަށް ނޭޅި ދިޔަ ވަގުތު ބައިކޮޅަށް ގޯލެއް ވަނުމުން އެހިސާބުން މެޗު އެއްކޮށް އެނބުރިގެން ދިޔައީ ކަމަށެވެ.

ފެސްކޯ ބުނީ އެހާލަތުގައިވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި އެހެން ނަމަވެސް އިތުރު ލަނޑެއް ނުޖެހި މެޗު ނިންމާލަން ޖެހުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ވެލެންސިޔާއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު އެޓީމު އޮތީ ލީގުގެ ފުލުގައެވެ.

ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ވެލެންސިޔާއަށް އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ އިރު ދެން އެންމެ އަވަހަށްވެސް އެޓީމު ބައްދަލުކުރަން ޖެހޭނީ މިވަގުތު ދެވަނައިގައި އޮތް މާޒިޔާއާއެވެ.

މާލޭ ލީގަށްފަހު ޕްރެމިއަ ލީގުން ފުރުސަތު ލިބިގެންދާނީ ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު