Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމުން ކުލަބުތަކަށް އެހީތެރިވުން

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އެފްއޭއެމުން ތިން މިލިޔަން ރުފިޔާ

މި ފައިސާ ޚަރަދުކުރަން ޖެހޭނީ ކުލަބު ހިންގުމަށާއި ކުލަބު ހަރުދަނާ ކުރަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ކުރުމަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2020 | ހޯމަ 11:05
\"ޓުވާޑްސް ފިޔުޗާ\" އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ކުލަބުތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން

\"ޓުވާޑްސް ފިޔުޗާ\" އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ކުލަބުތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތިން މިލިޔަން ރުފިޔާ ދިނުމަށް އެއްބަސްވެއްޖެއެވެ.

"ޓުވާޑްސް ފިޔުޗާ" އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ހޯމަ ދުވަހު އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމަކީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ބައްސާމް އަދީލް ޖަލީލް ކުލަބުތަކަށް ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އަހަރެއްގެ މައްޗަށް ތިން މިލިޔަން ރުފިޔާ ލިބިގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު އަސާސު ހަތް ކަމަކަށް ބިނާވެގެންދާ ކަމަށާއި، އެއީ ކުލަބު ލައިސަންސިންގ، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމަންޓް، ކުލަބު މެނޭޖުމަންޓް، ކުލަބު ފައިނޭންޝިއަލް ރިޕޯޓު، އަންހެނުންގެ ހަރަކާތްތައް، ސީއެސްއާރް ހަރަކާތްތައް އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މީގެ ކުރިން ސަރުކާރުން ވަރަށް ބޮޑު އެހީއެއް ކުލަބުތައް ހިންގުމަށް ލިބިގެންދިޔަ ކަމަށާއި، އެހެން ނަމަވެސް މިހާރު އެފްއޭއެމާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކޮންމެ ކުލަބަކަށް ތިން މިލިޔަނެއްހާ ރުފިޔާ ލިބިގެންދާނެ ކަމަށެވެ. އަދި މުޅި އަހަރު ދުވަހަށް ލިބޭ މި ފައިސާ ޚަރަދުކުރަން ޖެހޭނީ ކުލަބު ހިންގުމަށާއި ކުލަބު ހަރުދަނާ ކުރަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ކުރުމަށް ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ތިން މިލިޔަން ރުފިޔާ ދޭއިރު، މީގެ ކުރިން ކުލަބުތަކަށް ޚަރަދު ކުރަމުން އައީ ސަރުކާރުންނެވެ.

އެގޮތުން ސަރުކާރުގެ އިސްނެގުމާއެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިޔަން ރުފިޔާ ދިނެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިޔަން ރުފިޔާ ދިނެވެ.

އެކަމަކު 2018 ވަނަ އަހަރުގެ ނިޔަލަށް އެސްއޯއީ އެއްބަސްވުން ހަމަވިއިރު، ގިނަ ކުލަބުތައް އޮތީ މާލީ ގޮތުން އަޑިއަޅާލާފައެވެ. އަދި މިދިޔަ އަހަރު ކުލަބުތަކަށް އެސްއޯއީ ފައިސާ ލިބޭނެ ކަމަށް ސަރުކާރުން އެކި ފަހަރު ބުނި ނަމަވެސް ، ފަހުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ފުޓްބޯޅަ ކުލަބުތަކަށް އެސްއޯއީން ފައިސާ ދެމުން ދިޔައީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށް ވިދާޅުވެފައެވެ. އެއާއެކު މިދިޔަ އަހަރު ކުލަބުތައް ހިންގާފައިވަނީ އެތައް ގޮންޖެހުންތަކަކާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު