Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިދާން ފްރާންސާ ހަވާލުވުން

ފްރާންސަށް ކޯޗުކަން ކޮށްދިނުމަކީ ހުވަފެނެއް: ޒިދާން

22 އޯގަސްޓު 2020 | ހޮނިހިރު 14:22

ޒިދާން މީގެކުރިންވެސް ވަނީ ފްރާންސްގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން ބޭނުންވާކަން ހާމަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 22 އޯގަސްޓު 2020 | ހޮނިހިރު 14:22
\"ޒިދާން ފައިވް ކުލަބު\" ގެ މަސައްކަތް ފެށުމަށްފަހު ޒިދާން ދިން އިންޓަވިއުގެ ތެރެއިން

\"ޒިދާން ފައިވް ކުލަބު\" ގެ މަސައްކަތް ފެށުމަށްފަހު ޒިދާން ދިން އިންޓަވިއުގެ ތެރެއިން

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ޒިނެދިން ޒިދާން ބުނެފިއެވެ.

ޒިދާން މީގެކުރިންވެސް ވަނީ ފްރާންސްގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން ބޭނުންވާކަން ހާމަކޮށްފައެވެ.

ޒިދާންގެ ފުޓްބޯޅަ ސްކޫލް "ޒިދާން ފައިވް ކުލަބު" ގެ މަސައްކަތް ފެށުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ކޯޗިންގެ މަސައްކަތް ފެށިއިރުވެސް ފްރާންސް ޓީމާއެކު މަސައްކަތް ކުރުމުގެ އުންމީދު އޮންނަ ކަމަށެވެ.

ޒިދާން ބުނީ މީގެ އަހަރުތަކެއް ކުރިން ކޯޗިންގ ކެރިއަރު ފެށިއިރުވެސް، އޭނާ އަބަދުވެސް ބުނަމުން އަންނަނީ އޭނާ އަކީ އުންމީދުތަކެއް ހުރި ކޯޗެއް ކަމަށާއި، އެހެންކަމުން އޭނާ ވެސް ކޯޗިންގ ކެރިއަރުގައި އެހެން ކޯޗުންނެކޭ އެއްގޮތައް ހުވަފެންތައް ދެކޭ ކަމަށެވެ. އެގޮތުން ފްރާންސަށް ކޯޗުކަން ކޮށްދިނުމަކީ އޭނާ ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެން ކަމަށްވެސް ޒިދާން ބުންޏެވެ.

ޒިދާން ވަނީ މީގެ ކުރިން ރެއާލްގެ ކޯޗުކަމުގެ މަގާމުގައި އެހާ ގިނަ ދުވަހު ދެން ނުފެންނާނެ ކަމަށް ބުނެފައެވެ. ޒިދާން ބުނީ ކުލަބު ލެވަލްގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ފީފާ ކުލަބު ވޯލްޑް ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު އޭނާ އައު ޓާގެޓެއް ކަނޑައެޅި ކަމަށާއި، އެގޮތުން ފްރާންސާއެކު ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް ކޯޗެއްގެ ގޮތުގައި ހުރެ ހޯދަން ބޭނުންވާ ކަމަށެވެ.

ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިނީ 2016-2018 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލިއެވެ. ޒިދާން ދެވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗު މަހުގައެވެ. އަދި ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ރެއާލަށް ކާމިޔާބުކޮށްދީފައެވެ.

ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ މިހާތަނަށް ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
10 މެއި 2017

މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން

10 މެއި 2017
މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން
03 މެއި 2017

ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން

03 މެއި 2017
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް