Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްސާން ވަހީދު

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

8 ސެޕްޓެމްބަރު 2026 | އަންގާރަ 14:23

ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދު ވަޒީފާއަށް ނުނިކުމެ އެމްއޭސީއެލްއިން ބޮޑު މުސާރައެއް ނަގަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ. މީގެ އިތުރުން، އޭނަގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިސޯޓު ހަދަން ތިން ރަށެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެން، އޭނާ ފޮރިން މިނިސްޓްރީގެ ވަޒީފާއިން ވަކިކޮށްފައިވާކަން ރައީސް ޔަގީންކޮށްދެއްވާފައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 8 ސެޕްޓެމްބަރު 2026 | އަންގާރަ 14:23
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދު | ދައުރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދުއަށް މަސައްކަތެއް ނުކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުސާރަ ދޭތާ 4 މަސް ވެފައިވާކަން ހާމަވެއްޖެ އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި ހައްސާން އަންނަނީ އެމްއޭސީއެލްގެ މުވައްޒަފެއް ގޮތުގައި ހުރެ މުސާރަ ނަގަމުންނެވެ. ނަމަވެސް އޭނާ ވަޒީފާއަށް ނުނިކުންނަ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން ހައްސާންއަށް އެމްއޭސީއެލްއިން 35،000 (ތިރީސް ފަސްހާސް) އާއި 65،000 (ފަސްދޮޅަސް ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރައެއް ލިބޭ ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ވަނީ ލިބިފަ އެވެ. 

މިކަމާއި ގުޅޭގޮތުން ހައްސާންގެ ބަހެއް ހޯދަން ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އާއި މެސްޖަށް ވެސް ޖަވާބުދީފައި ނުވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. 

ހައްސާން ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިސޯޓެއް ހަދަން ތިން ރަށެއް ދީފައިވާކަން ހާމަވި ލިޔެކިޔުންތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާއި ހައްސާންގެ ހިއްސާ އޮންނަ އަޔަތާނާއީޕް ހޮސްޕިޓާލިޓީސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ތ. އަތޮޅުގެ ތިން ރަށެއް ވަނީ ދޫކޮށްފަ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ރައީސް މުއިއްޒުއަށް ސުވާލު ދެންނެވުމުން ރައީސް ވަނީ އެ މައުލޫމާތު ލިބިވަޑައިގަތުމުން، އެކަމުގެ ތެދުކަން ޔަގީންކުރެއްވި ކަމަށާއި ހައްސާނުގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެ ރަށްތައް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީގައި ހައްސާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ހައްސާން ވަނީ ޔޫއޭއީގައި ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރު ކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

3

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

4

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

5

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

08 ސެޕްޓެމްބަރު 2026
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
01 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން، ވެރިކަން ދިގު ދެންމޭނަމަ އެކަން ކުރައްވަން ވެސް ބޭނުންފުޅު ވާނެ: ރާއީ

01 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން، ވެރިކަން ދިގު ދެންމޭނަމަ އެކަން ކުރައްވަން ވެސް ބޭނުންފުޅު ވާނެ: ރާއީ
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!

01 ސެޕްޓެމްބަރު 2026
ރިސޯޓު މުވައްޒަފުންގެ މުސާރައާ މެދު ރައީސް މުއިއްޒު އާއި މަރުކަޒީ ބޭންކުގެ ބަސްމަގު އުޑާއި ބިމާހާ ތަފާތު!
01 ސެޕްޓެމްބަރު 2026

ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު

01 ސެޕްޓެމްބަރު 2026
ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު
31 އޯގަސްޓު 2026

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

31 އޯގަސްޓު 2026
ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
29 އޯގަސްޓު 2026

މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!

29 އޯގަސްޓު 2026
މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް