Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި މައްސަލަ ހުށަހެޅުން

ކޮރަޕްޝަން ހުއްޓުވުމަށް މިހާރަށްވުރެ ޚަރުދަނާ ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް

19 އޯގަސްޓު 2020 | ބުދަ 08:44

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2020 | ބުދަ 08:44
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

ކޮވިޑް-19 ގެ ތެރޭގައި ކޮރަޕްޝަން ހިންގި ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ އަމަލެއް ނުހިންގޭނެ ގޮތެއް ހަދައި، ފިޔަވަޅު އެޅުން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސްކޮށްފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފެވެ. މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއެކު ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑަށް ދަށަށްގޮސް، ބަލިމަޑުކަމާއި ތަދު މަޑުކަމުގެތެރޭގައި ރައްޔިތުން ޙާލުގައި ޖެހިފައިވަނިކޮށް، ދައުލަތުގެ ޞިއްޙަތާބެހޭ ވުޒާރާ އާއި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި، އޮޑިޓް ރިޕޯޓްތަކުން އެކަން ހާމަވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން ހިންގާފައިވާ އެތައް މިލިއަން ރުފިޔާގެ ޚިޔާނާތާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ މުޢާމަލާތްތަކާއި، ރައްޔިތުންގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތަކާއި ދައުލަތުގެ ރިޒާވްގައި ހުރި ލާރިކޮޅު ހުސްވަމުން ދިޔައިރުވެސް، ބޮޑެތި އަދަދުތަކުން މާލީ ވުޒާރާއިން ފައިސާ ދޫކުރަމުން ދިޔައިރު، އެމުޢާމަލާތްތައް ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަން ސަރުކާރުގެ ވުޒާރާތަކުން ބައްލަވާފައި ނުވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. މީގެއިތުރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށާއި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަން ހިންގުމަށް މަގު ފަހިކޮށްދީފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކުއްލި މައްސަލަ ހުށަހެޅުމާއެކު މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 21 މެމްބަރުން ވަނީ މިމައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. އެއް މެމްބަރަކު ވަނީ ބަހުސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ.

އެއާއެކު ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި މައްސަލަ އިތުރަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިމައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ނެގުނު ވޯޓު ފާސްވެގެންދިޔުމުން އޭގެން އެނގިގެންދިޔަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ސާބިތުކަމާއެކު ތިއްބެވި މެމްބަރުން ކަންކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މިމައްސަލަތައް ހައްލުކުރުމަށް ވިސްނައިގެން ކަންތައްތަކެއް ކޮށްގެން ނޫނީ މިކަމަށް ހައްލެއް ނާންނާނެކަމަށެވެ.

މިމައްސަލައަށް ވާހަކަދެއްކެވި އިދިކޮޅު މެމްބަރުން ވަނީ އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ ދައުލަތުގެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް އެމްޑީޕީ ސަރުކާރުން އައިއިރު މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅަންޖެހޭކަމަށް އެމެމްބަރުން ވިދާޅުވިއެވެ.

މިމައްސަލައަށް ވާހަކަދައްކަވަމުން އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓުން ހާމަވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލްވާ ހުރިހާ ފަރާތްތަކާމެދުވެސް ސަރުކާރުން އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވަޅު އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް މިސަރުކާރުން މަސައްކަތްތައް ކުރާނެކަމަށާއި އެކިއެކި މުއައްސަސާތަކުން މިކަމުގައި ކުރަމުންދާ މަސައްކަތްތަކަށް މަޖިލީހުން ފާރަވެރިވާނެ ކަމަށްވެސް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރެވުނު ޚަރަދުތަކުގެ އޮޑިޓްތައްދައް ހެދުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އޮޑިޓް އޮފީހުން އަންނަނީ ދައުލަތުގެ އިދާރާތަކުގެ އޮޑިޓްތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3 މިނިސްޓްރީއެއްގެ އޮޑިޓްކޮށް އޮޑިޓް ރިޕޯޓް ނެރެފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކުން ވަނީ ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހާމަވެގެންގޮސްފަ އެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އެއޮފީހުން ކަންކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް