Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޒިލްގެ ދިފާއުގައި ޕޮޑޮލްސްކީ

އޮޒިލްއަށް ފާޑުކިޔަމުންދާ މީހުންނަށް ޕޮޑޮލްސްކީ ރައްދު ދީފި

އޮޒިލްއަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު އޭނާ ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޯގަސްޓު 2020 | ހޯމަ 13:40
މިޑްފީލްޑަރު މެސުޓް އޮޒިލް އާއި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އެކުގައި

މިޑްފީލްޑަރު މެސުޓް އޮޒިލް އާއި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އެކުގައި

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފީލްޑަރު މެސުޓް އޮޒިލްއަށް ފާޑުކިޔަމުންދާ މީހުންނަށް އޭނާ އާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަންގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ ރައްދު ދީފިއެވެ.

މީގެ ކުރިން ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން ދައްކަމުން އަންނާތީ އެކަމާ އޮޒިލް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅުވައިގެން ޕޮޑޮލްސްކީ ބުނީ އޮޒިލްއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އާސެނަލަށް ނޭނގުމަކީ އޮޒިލްގެ މައްސަލައެއް ނޫން ކަމަށާއި، އޮޒިލް އަކީ އަދިވެސް އާސެނަލް ޖާޒީގައި ވިދާނެ ކުޅުންތެރިއެއް ކަމަށެވެ. އަދި ބުނީ އޭނާ އަށް އޮޒިލް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އޮޒިލްގެ ފަރާތުން އަޚުލާގީ މައްސަލައެއް ނުފެންނާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ. އަދި އޮޒިލްއަށް ބޭނުންވަނީ އާސެނަލްގެ ކޯޗުންނާއި، މެނޭޖްމަންޓްގެ އެއްބާރުލުން ކަމަށާއި، އޮޒިލް ފެންވަރުގެ ކުޅުންތެރިއެއް ޓީމު ދޫކޮށްފައި ދިޔުމުން އެކަމުގެ ގެއްލުން ލިބޭނީ އާސެނަލަށް ކަމަށްވެސް ޕޮޑޮލްސްކީ ބުންޏެވެ.

ޕޮޑޮލްސްކީ އިތުރަށް ބުނީ އޮޒިލްގެ މައްސަލް ފެންމަތިވުމުން އޭނާ އޮޒިލްއާ ވާހަކަ ދެއްކި ކަމަށާއި، އޮޒިލް ހުރީ އާސެނަލާއެކު އިތުރު ކާމިޔާބު ހޯދުމަށް ތައްޔާރަށް ކަމަށެވެ. އަދި އާސެނަލުން އެފުރުސަތު ނުދީފިނަމަ، ކުރިމަގާ މެދު އޮޒިލް އާއި އޭނާގެ އޭޖެންޓް ގޮތް ނިންމާނެ ކަމަށާއި، އޮޒިލް ނިންމާ ނިންމުން ވެގެންދާނީ ވަރަށް ޕްރޮފެޝަނަލް ނިންމުމަކަށް ކަމަށްވެސް ޕޮޑޮލްސްކީ ބުންޏެވެ.

އޮޒިލް ދޫކޮށްލަން އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭނާ ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ. އަދި ބުނީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމަށް މިދިޔަ ދެ އަހަރުވެސް މީހުން މަސައްކަތް ކުރި ކަމަށާއި، އެކަމަކު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

އޮޒިލް އަކީ އާސެނަލްގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކަށް އޮޒިލް ބަދަލުވުން ނުވަތަ އެއްބަސްވުމުގައި ބާކީ އޮތް މުސާރަ ކަމަށްވާ 18 މިލިޔަން ޕައުންޑް ދިނުމަށްފަހު އޮޒިލް ދޫކޮށްލުމަށް އޭނާގެ އޭޖެންޓަށް އާސެނަލުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމަކު އޮޒިލްގެ އޭޖެންޓް ބުނީ އަންނަ ސީޒަނުގައިވެސް އޮޒިލް އާސެނަލްގައި މަޑުކުރާނެ ކަމަށާއި، އޭނާ އާސެނަލް ދޫކޮށްލާނީ އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2020

2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ބަލަންދާ މީހުންނަށް ތަފާތު ވޯލްޑް ކަޕަކަށް ހަދައިދޭނަން: ނަސީރު

12 ޖުލައި 2020
2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ބަލަންދާ މީހުންނަށް ތަފާތު ވޯލްޑް ކަޕަކަށް ހަދައިދޭނަން: ނަސީރު
22 އެޕްރީލު 2020

މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮޒިލްއަށް

22 އެޕްރީލު 2020
މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮޒިލްއަށް
28 މާރިޗު 2020

ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް

28 މާރިޗު 2020
ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް
20 ޑިސެމްބަރު 2018

އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި

20 ޑިސެމްބަރު 2018
އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި
09 ޖޫން 2018

ސަލާހުގެ ރައްދު ރާމޯސްއަށް: ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަންދެވޭނެ؟

09 ޖޫން 2018
ސަލާހުގެ ރައްދު ރާމޯސްއަށް: ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަންދެވޭނެ؟
27 ސެޕްޓެމްބަރު 2017

ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް

27 ސެޕްޓެމްބަރު 2017
ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު