Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

ކޫޓީނިއޯ ނުލުބިއްޖެ ނަމަ ބާސާއިން އޮޒިލްއަށް ބިޑް ކުރާނެ ކަމަށް ރިޕޯޓްތަށް ބުނޭ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 31 ޖުލައި 2017 | ހޯމަ 14:04
އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް

އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް

އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ހޯދުމަށް ސްޕެއިންގެ ގަދަ ބާރު، ބާސެލޯނާއިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއިން ވަނީ ، ލިވަޕޫލްގެ ތަރި ފިލިޕޭ ކޫޓީނިއޯ ނުލިބިއްޖެ ނަމަ އިޒޮލްއަށް ބިޑްކުރަން ތައްޔާރު ވަމުންނެވެ. އެގޮތުން އެޓީމުން އޮޒިލްއަށް 65 މިލިއަން ޔޫރޯ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓަތައް ބުނެއެވެ.

ބާސާއިން ކޫޓީނިއޯ ހޯދުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން އެޓީމުން އޭނާ ހޯދުމަށް 80 މިލިއަން ޔޫރޯ ހުށަހެޅުމުން ވެސް ލިވަޕޫލްއިން ވަނީ ބިޑް ރިޖެކްޓް ކޮށްލާފައެވެ. އެގޮތުން އެޓީމުން ދިޔައީ، ކޫޓީނިއޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ކޫޓީނިއޯ ވަނީ ފާއިތުވި ސީޒަނުގައި، ލިވަޕޫލް އާއި އެކު އޭނާ ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.

ރިޕޯޓްތަށް ބުނާގޮތުން އޮޒިލް ވަނީ، އަންނަ ސީޒަނުގައިވެސް އޭނާ ފެނިގެންދާނީ އާސެނަލްއިން ކަމަށް ބުނެފައެވެ. ނަމަވެސް މިސީޒަނުގެ ނިޔަލަށް އޭނާ އާސެނަލް އާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް އެއްބަސްވުން އާކުރުމުގެ އެއްވެސް ވާހަކައެއް، އޮޒިލް ރަސްމީ ސިފައެއްގައި ދައްކާފައެއް ނުވެއެވެ. އެގޮތުން އަންނަ ސީޒަނުގައި، އާސެނަލްއަށް ޗެމްޕިއަންސް ލީގު ކުޅުމަށް ފުރުސަތު ލިބިފައި ނެތުމުން އޮޒިލް ކުލަބް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި އޮޒިލްގެ އޭޖެންޓް ވަނި، މިފަހަރުގެ ޓްރާންސްފާގައި އޮޒިލް ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

އޮޒިލް އާއި އެކު، އަސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ތަރި އެލެގްޒިސް ސަންޗޭޒް ވެސް މިފަހަރުގެ ޓްރާންސްފާގައި ކްލަބް ދޫކޮށްލާނެކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

އޮޒިލް ވަނީ މީގެ ކުރިން، ބާސާ އާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

ސްޕެނިޝް ލަލީގާ: އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި

11 ޑިސެމްބަރު 2017
ސްޕެނިޝް ލަލީގާ: އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި
02 ޑިސެމްބަރު 2017

ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި

02 ޑިސެމްބަރު 2017
ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި
25 އޮކްޓޯބަރު 2017

ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި

25 އޮކްޓޯބަރު 2017
ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި
23 އޯގަސްޓު 2017

ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

23 އޯގަސްޓު 2017
ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
23 އޯގަސްޓު 2017

ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ

23 އޯގަސްޓު 2017
ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު