Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

ކުޓީނިއޯ ވަނީ ލިވަޕޫލްއާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައި

| 12 ޖޫން 2017 | ހޯމަ 15:25
ލިވަޕޫލްއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލްއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލްއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކައަށް އޭނާ ރައްދުދީފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުޓީނިއޯ ބުނީ އޭނާއާ އެކު ލިވަޕޫލް ދިގު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެހެން ކަންކަމާމެދު އޭނާ ވިސްނަމުންނުދާ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކުޓީނިއޯ ހޯދުމަށް ބާސާއިން ވަނީ ޖެނުއަރީ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައިވާ ކުޓީނިއޯ ދޫކޮށްލަން ލިވަޕޫލުން އެފަހަރު އެއްބަހެއް ނުވިއެވެ.

ކުޓީނިއޯ އަދި ލިވަޕޫލްގެ އިތުރު ކުޅުންތެރިޔަކުވެސް ވިއްކާލަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ދާދި ފަހުން ބުނެފައެވެ. އެގޮތުން އޭނާ ބުނީ ލިވަޕޫލްގައި ތިބީ ހުސް މުހިންމު ކުޅުންތެރިން ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ވިއްކާލަން ބޭނުންނުވާ ކަމަށެވެ.

ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކުޓީނިއޯ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 177 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ސަލާހް މެޑިކަލް ހަދާނެ

21 ޖޫން 2017
ބުރާސްފަތި ދުވަހު ލިވަޕޫލްއަށް ބަދަލުވާން ސަލާހް މެޑިކަލް ހަދާނެ
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު