Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަަހްލޫފަށް ރައްދުދިނުން

އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި

އެފްއޭއެމުން ވަނީ މިނިސްޓަރު މަހުލޫފަށް ފާޑުކިޔާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2018 | ބުރާސްފަތި 12:48
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ޔޫތް މިނިސްޓްރީން އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން ކޮމިޓީ" އިން ބަލަނީ ދައުލަތުން ފުޓުބޯޅަ އަށް ހަރަދުކުރާ ފައިސާއަށް ވީގޮތް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވުމުން އެފްއޭއެމުން ރައްދު ދީފިއެވެ.

އެފްއޭއެމުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 10 ޑިސެމްބަރު 2018 ވަނަ ދުވަހު ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކޮށްފައިވަނީ އޭއެފްސީ ކަޕްގައި ދިވެހި ކްލަބްތަކަށް ބައިވެރިނުވެވުނު ސަބަބު ހޯދައި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ފެކްޓް ފައިންޑިން ކޮމެޓީއެއް އެކުލަވާލި ވާހަކަ ކަމަށެވެ. އެހެން ނަމަވެސް 19 ޑިސެމްބަރު 2018 ގައި މަހުލޫފް ކުރެއްވި ޓްވީޓްގައި ކޮމެޓީން ބަލާނީ ދައުލަތުން ފުޓުބޯޅަ އަށް ހަރަދުކުރި ފައިސާއަށް ވީގޮތް ކަމަށް ހާމަކުރުމުން ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ ޒިންމާދާރުކަން ކުޑަގޮތަށް އެކިފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި، އެސޯސިއޭޝަންގެ ހައިބަތައް އުނިކަން އަންނަމުންދާ ކަމަށެވެ.

އެފްއޭއެމުން ބުނީ އެފްއޭއެމް އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "އޭ" ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވާ، ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓްކުރެވެމުންދާ މުއައްސަސާއެއް ކަމަށާއި، ކޮންމެ އަހަރަކުވެސް އަހަރީ އާންމު ޖަލްސާގައި، އޮޑިޓް ރިޕޯޓް އަދި އަހަރީ ބަޖެޓް ހުށަހެޅި ފާސްކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވާ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމުން ބުނީ ފީފާ އަދި އޭއެފްސީން ކޮންމެ އަހަރަކު އިންޓަނޭޝަނަލް އޮޑިޓަރ އާނެސްޓް އެންޑް ޔަންގް، ކޭޕީއެމްޖީ ފަދަ އޮޑިޓް ފާމްތަކުން އޮޑިޓްކުރަމުންދާ ކަމަށާއި، ފީފާގެ ފައިނޭންޝިއަލް ރެގިއުލޭޝަންގެ ދަށުން ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަށް ސަޕްރައިސް އޮޑިޓް ވިޒިޓް ޓީމްތައް އައިސް އޮޑިޓް ކުރަމުންދާ ކަމަށެވެ. އެގޮތުން އެފްއޭއެމްއަށް ވެސް އެފަދަ ޓީމްތައް ކޮންމެ އަހަރަކު އައިސް އޮޑިޓް ކުރާ ކަމަށެވެ.

އެފްއޭއެމުން ބުނީ ކުރިއެކޭވެސް އެއްފަދައިން މިނިސްޓީން ބޭނުންވެއްޖެނަމަ އެފްއޭއެމް އަށް ދޭ ފައިސާ ހަރަދުވި ގޮތުގެ ތަފްސީލް މިނިސްޓްރީއަށް ހުށަހެޅުމަށްޓަކައި ދެވެން އޮތް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެސްއޯއީގެ ދަށުން ކްލަބްތަކަށް ސްޕޮންސާގެ ގޮތުގައި ދޫކުރާ ފައިސާ ހަރަދުވި ގޮތުގެ ރިޕޯޓް ކުންފުނިތަކަށް ހުށަހަޅާ ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު