Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުސާރަ ކުޑަކުރަން އޮޒިލް އެއްބަސްނުވުން

މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮޒިލްއަށް

އާސެނަލްގެ ކުޅުންތެރިން ވަނީ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 އެޕްރީލު 2020 | ބުދަ 13:45
އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް

އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ހުށަހެޅުމުން އެކަމާ ދެކޮޅު ހެދި އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އާސެނަލުން ވަނީ އެޓީމުގެ ކުޅުންތެރިންގެ އިތުރަށް، ކޯޗު މިކޭލް އާޓެޓާ އާއި އިތުރު އޮފިޝަލުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މުސާރަ ކުޑަކުރަން އާސެނަލްގެ ކުޅުންތެރިން އެއްބަސްވީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ، ކުޅުންތެރިންނަށް ބޯނަހެއް ދޭން އާސެނަލުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ، ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ޕައުންޑުގެ ބޯނަހެއް ދޭން އާސެނަލުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އިތުރު ފަސް ލައްކަ ޕައުންޑް، ނުވަތަ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އިތުރު އެއް ލައްކަ ޕައުންޑް ދޭން އާސެނަލުން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު އާސެނަލްގެ ތިން ކުޅުންތެރިއަކު ވަނީ މި ހުށަހެޅުން ބަލައިނުގަންނަށް ނިންމާފައެވެ. އޭގެ ތެރޭގައި އޮޒިލްވެސް ހިމެނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުންވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ތެރޭ ހިމެނޭ އޮޒިލްއަށް ހަފުތާއެއްގެ މައްޗަށް 350،000 ޕައުންޑް ލިބެއެވެ.

ސްކައި ސްޕޯޓްސްއާ ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމީ ކެރެގާ ބުނީ މިހާލަތުގައި އޮޒިލް ކަހަލަ ކުޅުންތެރިޔަކު، ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މިކަމަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ. އަދި ކްލަބުން އެންމެ ބޮޑު މުސާރައެއް ނަގާ ކުޅުންތެރިޔާގެ ގޮތުގައި ހުރެ، މުސާރަ ދަށް ކުރަން އޮޒިލް އެއްބަސްނުވުމުން މިކަން އިތުރަށް ގޯސްވެގެން ދާނެ ކަމަށްވެސް ބުންޏެވެ.

ކެރެގާގެ އިތުރުންވެސް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި އޮޒިލްއަށް ފާޑުކިޔަމުންނެވެ.

އެކަމަކު އޮޒިލްގެ ދިފާއުގައިވެސް ބައެއް މީހުން ވަނީ ވާހަކަދައްކާފައެވެ. މީގެ ކުރިން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިންވެސް ވަނީ މުސާރަ ކުޑަކުރަން އެއްބަސްނުވުމަށް ޕްރިމިއާ ލީގު ކުޅުންތެރިންނަށް ގޮވާލާފައެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން އޮޒިލްއަށް އަމާޒުވި ނަމަވެސް، އޭނާއަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައިން ޗެރިޓީތަކަށް އެހީތެރިވެދިން އެއް ކުޅުންތެރިޔާ އެވެ. އެގޮތުން މިދިޔަ އަހަރު ކައިވެނީގެ އުފަލުގައި އޮޒިލް ވަނީ އޭނާގެ ޚަރަދުގައި މަދުވެގެން 1،000 ކުޑަކުދިންނަށް އޮޕަރޭޝަން ކުރުމަށް މަގުފަހިކޮށްދޭނެކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން އޮޒިލް ވަނީ ތުރުކީ އާއި ސީރިޔާއިން 100،000 އަށް ވުރެ ގިނަ ފަގީރުންނަށް ކާބޯތަކެއްޗާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު