Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލްގައި އޮޒިލްގެ ކުރިމަގު

މުސާރަ ދިނުމަށްފަހު އާސެނަލުން އޮޒިލް ދޫކޮށްލަނީ

10 އޯގަސްޓު 2020 | ހޯމަ 14:04

އޮޒިލް އަކީ އާސެނަލްގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ

އަތޫފް އާތިފް
އަތޫފް އާތިފް | 10 އޯގަސްޓު 2020 | ހޯމަ 14:04
އާސެނަލްގެ މިޑްފިލްޑަރު މެސެޓް އޮޒިލް: އޭނާ ދޫކޮށްލުމަށް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުން

އާސެނަލްގެ މިޑްފިލްޑަރު މެސެޓް އޮޒިލް: އޭނާ ދޫކޮށްލުމަށް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުން

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފީލްޑަރު މެސެޓް އޮޒިލްގެ އެއްބަސްވުމުގައިވާ ގޮތަށް މުސާރަ ދިނުމަށްފަހު، އޭނާ ދޫކޮށްލާން އާސެނަލުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޮޒިލް އަކީ އާސެނަލްގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭންގައި އޮޒިލް ނުހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، އާސެނަލުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި އާސެނަލަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާސެނަލްގެ ބޯޑު މެންބަރުންނާ ހޯމަ ދުވަހުގެ ވަގުތެއްގައި އާޓެޓާ ބައްދަލުކޮށްފައިވާއިރު، މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކިވިފައިވަނީ އޮޒިލްއާ މެދު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޮޒިލްއަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހު، އޭނާ ދޫކޮށްލުމަށް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކަށް އޮޒިލް ބަދަލުވުން ނުވަތަ އޮޒިލްގެ އެއްބަސްވުމުގައި ބާކީ އޮތް މުސާރަ ކަމަށްވާ 18 މިލިއަން ޕައުންޑް ދިނުމަށްފަހު އޭނާ ދޫކޮށްލުމަށް އޮޒިލްގެ އޭޖެންޓަށް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އޮޒިލްވެސް އާސެނަލް ދޫކޮށްލާނެކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޮޒިލް ވަނީ އާސެނާލާއެކު އޭނާއަށް ކުރިމަގު އޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައެވެ. އެކަމަކު ދާދި ފަހުން އޮޒިލްގެ އޭޖެންޓް ބުނީ އަންނަ ސީޒަނުގައި އޮޒިލް އާސެނަލްގައި މަޑުކުރާނެ ކަމަށާއި، އޭނާ އާސެނަލް ދޫކޮށްލާނީ އަންނަ ސީޒަނަސްފަހު ކަމަށް ބުނެފައެވެ.

ޝާލްކާއިން ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް މީގެ ކުރިން ވަނީ ރެއާލް މެޑްރިޑާއެކުވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. 2013 ވަނަ އަހަރު ރެއާލް ދޫކޮށް އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
17 އެޕްރީލު 2017

އޮޒިލް އާއި ޕެރިސިޗަށް ޔުނައިޓެޑުން ފާރަލާން ފަށައިފި

17 އެޕްރީލު 2017
އޮޒިލް އާއި ޕެރިސިޗަށް ޔުނައިޓެޑުން ފާރަލާން ފަށައިފި
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
10 އެޕްރީލު 2017

ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

10 އެޕްރީލު 2017
ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް