Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

މުސާރައިގެ ބޮޑުބައި ވާނީ ދީފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 18:04
ވޮލިބޯލް އެސޯސިއޭޝަންގެ ރެފްރީން

ވޮލިބޯލް އެސޯސިއޭޝަންގެ ރެފްރީން

އިންޓަރ ސްކޫލް ވޮލީ މުބާރާތަށް ރެފްރީން ނުނިކުންނަނީ މުސާރައިގެ މައްސަލައެއް އުޅޭތީ ކަމަށް އެސޯސިއޭޝަނަށް އެނގިފައި ނުވާ ކަމަށާއި އަދި ސްކޫލް މުބާރާތުގައި ރެފްރީކަން ކޮށްދޭ ފަރާތްތަކަށް ވަކި މުސާރައެއް ކަނޑައެޅިފައި ނުވާ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވޮލީ ރެފްރީންނަށް މުސާރަ ނުދޭ މައްސަލާގައި އެ އެސޯސިއޭޝަންގެ ބައެއް ރެފްރީން ރާއްޖެއެމްވީ އަށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ އިރު، މިކަމާ ގުޅޭ ގޮތުން ލަތީފް ވިދާޅުވީ ރެފްރީންގެ މުސާރައިގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މީގެކުރިން ވެސް އެނގިފައިވާ ކަމަށާއި އެހެން ނަމަވެސް ސްކޫލް ވޮލީ މުބާރާތަށް ނުނިކުންނަނީ އެއީ މުސާރައިގެ މައްސަލަ އުޅޭތީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ލަތީފް ވިދާޅުވީ ސްކޫލް މުބާރާތަކީ ވޮލީ އަށް ލޯބި ހުންނަ ކޮންމެ ފަރާތަކަށް ވެސް ރެފްރީކަން ކުރެވިދާނެ މުބާރާތެއް ކަމަށާއި އެގޮތުން ވޮލީ ކުޅުންތެރިންނާއި ކޯޗުން އަދި ވޮލީ އާއިލާގެ ކޮންމެ މީހަކަށް ވެސް ރެފްރީކަން ކުރެވިދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ސްކޫލް މުބާރާތަކީ ވައިޑީޕީއަށް ކުޅުންތެރިން އަހުލުވެރި ކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށާއި އެހެން ކަމުން މި މުބާރާތުގައި ރެފްރީކަން ކުރާނީ މުސާރައެއް އޮވެގެން ކަމަށް ނުދެކޭ ކަމަށެވެ.

ލަތީފް އިތުރަށް ވިދާޅުވީ ވޮލީ ރެފްރީންނަށް މީގެ ކުރިން މުސާރަ ނުދެވި އޮތް މައްސަލަ ފެންމަތިވުމާއެކު އެސޯސިއޭޝަނުން ވާނީ މުސާރައިގެ ބޮޑު ބައި ރެފްރީންނަށް ހަމަޖައްސައިދީފައި ކަމަށާއި އެހެން ނަމަވެސް އަދިވެސް މުސާރައިގެ ކޮންމެވެސް ވަރެއް ނުދެވި އޮތް ކަމަށެވެ. އަދި ރެފްރީނަށް މުސާރަ ދިނުމަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން ފައިސާއެއް ލިބިފައި ނުވާ ކަމަށާއި އެގޮތުން ރެފްރީނަށް މުސާރަ ދެމުން އަންނަނީ ސްޕޮންސަރުންނާއި އަދިވެސް އެކިއެކި ފަރާތްތަކުން ލިބޭ އެހީގެ ތެރެއިން ކަމަށް ލަތީފް ވިދާޅުވި އެވެ.

ވޮލީ ރެފްރީންގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު ވިދާޅުވީ އެ އެސޯސިއޭޝަން އަލަށް އިންތިހާބުވި ފަހުން ކޮންމެ ކުއާޓާއެއްގައި ވެސް ޔޫތު މިނިސްޓްރީން އެސޯސިއޭޝަނަށް ފައިސާ ދެމުންދާ ކަމަށާއި އަދި ރެފްރީންނަށް ފައިސާ ނުދެވި އޮތް ސަބަބު އެނގޭނީ އެސޯސިއޭޝަންގެ ރައީސަށް ކަމަށެވެ.

އިއްޒަތު ވިދާޅުވީ ގައުމީ ޓީމުގެ ތަމްރީން ދަތުރުތަކާއި މުބާރާތްތަކަށް ފައިސާ ހޯދުމަށް އެދުމުން ޔޫތު މިނިސްޓްރީން ފައިސާ ދޫކުރި ކަމަށެވެ. އެގޮތުން އެކަންތައްތަކަށް ފައިސާ ހަރަދު ކުރުމަށްފަހު ވެސް ރެފްރީނަށް ފައިސާ ދޫނުކޮށް އޮތް އޮތުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިއްޒަތު ވިދާޅުވީ ސްކޫލް މުބާރާތަށް ރެފްރީން ނުނިކުމެ ތިބީ މުސާރައިގެ މައްސަލައިގައި ކަމަށް ހުދު އެބޭފުޅާގެ ގާތުގައި ރެފްރީން ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ހައްލުކުރަން އެސޯސިއޭޝަންގެ ރައީސް އަދިވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

އަލަށް އިންތިހާބުވި ވޮލީ އެސޯސިއޭޝަންގެ ތެރޭގައި ބައެއް ކޯޅުންތައް ހުރި އިރު، ބައެއް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރީ ދައުރުގެ ގިނަ ފަރާތްތަކެއް މިހާރުގެ ބޯޑުގެ ތެރޭގައި އިސްދައުރެއް އަދާކުރައްވާ އިރު، އަލަށް އިންތިހާބުވި ބޯޑުގެ ބައެއް މެމްބަރުން މަގާމުތަކުން ދުރަށް ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު