Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

އޮޒިލް އާއި ޕެރިސިޗަށް ޔުނައިޓެޑުން ފާރަލާން ފަށައިފި

17 އެޕްރީލު 2017 | ހޯމަ 14:55

ޗެލްސީންވެސް އަންނަނީ ޕެރިސިޗްއަށް ފާރަލަމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 17 އެޕްރީލު 2017 | ހޯމަ 14:55
ޔުނައިޓެޑް އިން ފާރަލަމުން އަންނަ އޮޒިލް އާއި ޕެރިސިޗް

ޔުނައިޓެޑް އިން ފާރަލަމުން އަންނަ އޮޒިލް އާއި ޕެރިސިޗް

މެންޗެސްޓަރ ޔުނައިޓެޑުން ވާދަވެރި އާސެނަލްގެ މެސުތު އޮޒިލްގެ އިތުރުން އިންޓަމިލާންގެ އިވާން ޕެރިސިޗްއަށް ފާރަލާން ފަށައިފިއެވެ.

މީގެ ކުރިން ޔުނައިޓެޑުން އެންމެ ބޮޑަށް ފާރަލަމުން އައި އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ގްރީޒްމަންގެ ބަދަލުގައި މިހާރު ފާރަލަމުން އަންނަނީ އޮޒިލް އާއި ޕެރިސިޗަށް ކަމަށް އިނގިރޭސި މިޑީއާގައި ވަނީ ފެތުރިފައެވެ.

ޔުނައިޓެޑުން އޮޒިލް ގެންނަން މަސައްކަތްކުރަނީ އޭނާއަކީ މިހާރު ޔުނައިޓެޑް ކޯޗުގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑްގައި ކުޅެފައިވާ ކުޅުންތެރިއަކަށް ވުމުންނެވެ. އަދި އޮޒިލްއާ މެދު މޮރީނިއޯ ވަރަށް ގަޔާވާކަމަށް މީޑިއާގައި ފެތުރިފައިވެއެވެ.

އާސެނަލްގައި މަޑުކުރަން އޮޒިލް އެހާ ބޭނުންނުވާކަން ކުރިން އޭނާ ހާމަކޮށްފައިވެއެވެ. އެގޮތުން އެކުލަބު ހޯދަމުންދާ ނާކާމިޔާބީގެ ޒިންމާ އޮޒިލްގެ ބޮލުގައި އަޅުވާތީ އެކަމާއި އޭނާހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ކުލަބު އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ބުނެފައިވާ އޮޒިލް އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. ހަމައެއާއެކު ހަފްތާއަކު 280،000 ޕައުންޑް ލިބޭ އާ އެއްބަސްވުމެއް އާސެނަލް އިން އޮޒިލްއަށް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ސީޒަނަށް ފަހު އާސެނަލުން އޮޒިލް ވިއްކާލުމުގެ ފުރުސަތުވެސް ބޮޑެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕެރިސިޗަށް ފާލަމުން އަންނަނީ ޔުނައިޓެޑުން އެކަންޏެއް ނޫނެވެ. ޔުނައިޓެޑްގެ އިތުރުން އެންމެ ވާދަވެރި ޗެލްސީންވެސް އަންނީ ޕެރިސިޗަށް ފާރަލަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީން ޕެރިސިޗަށް ފާރަލީނަމަވެސް އެކަން ކާމިޔާބުވާނެ ކަމަށް ބެލެވެނީ ޔުނައިޓެޑަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕެރިސިޗް ހޯދުމަށް ފާރަލަމުން އަންނަ ޔުނައިޓެޑް އިން ވަނީ 60 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރަށް އޮތީ ތައްޔާރަށެވެ.

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް