Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސުތް އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ކެރިޔަރު ނިންމާލަން އަދި ކައިރިވެސް ނުވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 18:49
އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް

އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް

ޗައިނީޒް ސުޕަލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރި ކަމަށް އާސެނަލް އަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު މެސުތް އޮޒިލް ބުނެފި އެވެ.

އޮޒިލް ބުނީ މިދިޔަ ސަމާގައި އޭނާ އަށް ޗައިނާގެ ކްލަބަކުން ހުށަހެޅި ކަމަށާއި، ކިތަންމެ ބޮޑުއަދަދެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުމަކީ މާ ގަޔާވާ ހުށަހެޅުމެއް ނޫން ކަމަށެވެ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކު 20 މިލިއަން ޕައުންޑު ލިބޭ ގޮތަށް ހުށަހެޅި އެ ހުށަހެޅުމަކީ ލިމިޓަށްވުރެ މައްޗަށް ގޮސްފައިވާ ހުށަހެޅުމެއް ކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ.

އެގޮތުން އޮޒިލް ބުނީ އެ ހުށަހެޅުން ލިބުނުތާ ތިން މިނެޓު ތެރޭގައި ރިޖެކްޓުކުރި ކަމަށާއި، އެޖެންޓަށްވެސް އެކަން ވަގުތުން އަންގާފައިވާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ޗައިނާ ލީގުން ކިތަންމެ ބޮޑު އަދަދެއް ހުށަހެޅިނަމަވެސް ކުޅެން އެއްބަސްނުވާނެ ކަމަށެވެ.

އޮޒިލް ބުނީ އޭނާގެ ކެރިޔަރު ނިންމާލަން އަދި ކައިރިވެސް ނުވާ ކަމަށާއި، އާސެނަލްއާއެކު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޑެއިލީ މެއިލް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޮޒިލް ބުނީ އާސެނަލް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށާ، އެގޮތުން ޓްރާންސްފާ ބާޒާރުގައި ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ގެންނަންޖެހޭ ކަމަށެވެ.

އޮޒިލް ބުނީ އާސެނަލްގެ ސްކޮޑަށް ބަލާއިރު، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ސްކޮޑްހާ ވަރުގަދައެއް ނޫން ކަމަށާ، ބޮޑެތި ޓީމުތަކާ ދެކޮޅަށް އާސެނަލްގައި މިހާރު އޮތް ސްކޮޑާއެކު ނިކުންނަން އުނދަގޫވާނެ ކަމަށެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވިދާލީ 2010 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 159 މެޗު ކުޅެ، 27 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 149 މެޗު ކުޅެ، 30 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު