Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސްއިން ސާރީ ވަކިކުރުން

ޗެމްޕިއަންސް ލީގުން ކެޓުމާއެކު ޔުވެންޓަސްއިން ސާރީ ވަކިކޮށްފި

ސާރީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 8 އޯގަސްޓު 2020 | ހޮނިހިރު 13:15
ޔުވެންޓަސްއަށް އިރުޝާދުދިން މައުރީޒިއޯ ސާރީ: ޔުވެންޓަސް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައި

ޔުވެންޓަސްއަށް އިރުޝާދުދިން މައުރީޒިއޯ ސާރީ: ޔުވެންޓަސް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ނުގޮސް ޔުވެންޓަސް ކެޓުމާ ގުޅިގެން އެޓީމުގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަކިކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި ސާރީ މަގާމުން ވަކިކުރިއިރު، ފަހަކަށް އައިސް ޔުވެންޓަސްއިން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ސާރީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކެޓި ޔުވެންޓަސްއަށް މި ފަހަރުގެ ދެވަނަ ބުރުން މުބާރާތް ނިމުނުއިރު، މި ނަތީޖާއާއެކު ޔުވެންޓަސްއިން 1996 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިގެން ގޮސްފައެވެ. ޗެމްޕިއަންސް ލީގަށް އަމާޒު ހިފާފައިވާ ޔުވެންޓަސްއިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދީވެސް އެ މުބާރާތް ކާމިޔާބުކުރުމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކެޓުމާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޔުވެންޓަސްގެ މެނޭޖުމަންޓުން ވަނީ ސާރީ ވަކިކުރަން ނިންމާފައެވެ. މިގޮތަށް ނިންމީ ސާރީ އާއެކު ޔުވެންޓަސްއިން އަމާޒުހިފި ހިސާބަށް ވާސިލްނުވެ، ސާރީ އާއި ޔުވެންޓަސްގެ ބައެއް ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް ހުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން މީގެ ކުރިން ސާރީ އާއި ޔުވެންޓަސްގެ ތަރި ރޮނާލްޑޯއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު އެފަހަރު ސާރީ ވަނީ ރޮނާލްޑޯ އާއި އޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓި ނަމަވެސް، ސާރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއިން ވަނީ މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން ސާރީ ވަކިކޮށް، އެޓީމުގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔުވެންޓަސްގެ އިތުރުން ބާސެލޯނާއިންވެސް އަންނަނީ ޕޮޗެޓީނޯއަށް ފާރަލަމުންނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމްގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް

16 މާރިޗު 2017
ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް