Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

މޮނާކޯގެ މައްޗަށް ސިޓީ ކުރިހޯދީ 3-5 ގެ ނަތީޖާއިން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2017 | ބުދަ 08:17
ސިޓީ އަދި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީ އަދި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަދި އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެ، އެ ދެޓީމުން ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ މޮނާކޯއާ ވާދަކޮށް 3-5 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ސިޓީ އިންނެވެ. އެގޮތުން 26 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ ލަނޑުން ސިޓީ ވަނީ މެޗުގެ ލީޑު ނަގާފައެވެ.

އެހެންނަމަވެސް އޭގެ ހަ މިނެޓު ފަހުން މޮނާކޯ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޑަމެލް ފަލްކާއޯ އެވެ. މި ލަނޑަށްފަހު މޮނާކޯ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ސިޓީގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

އެގޮތުން 40 ވަނަ މިނެޓުގައި ލޮޓިންގެ ލަނޑުން މޮނާކޯ ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސިޓީގެ މައްޗަށް މޮނާކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ މޮނާކޯ އިންނެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތު ލިބި ބޭކާރުވެފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި މޮނާކޯ އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި ބޭކާރުވެފައެވެ. މޮނާކޯގެ ޕެނަލްޓީ ފަލްކާއޯ ކުރިޔަށް ފޮނުވާލިއިރު، ކީޕަރު ޑެނިއަލް ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މޮނާކޯ އިން ރަނގަޅަށް ކުޅެމުންދަނިކޮށް ސިޓީން ވަނީ 58 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން ދެވަނަ ފަހަރަށް ފަލްކާއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް މޮނާކޯ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ ލީޑު ނެގުމަށް މޮނާކޯ އަށް ވަނީ ލަނޑު ޖެހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މޮނާކޯ އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި 70 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ސާޖިއޯ އަގުއެރޯ ވަނީ ލަނޑު ޖަހާ ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ސިޓީ އަށް އަނެއްކާ ވެސް މެޗުގެ ލީޑު ނަގައިދިނީ 77 ވަނަ މިނެޓުގައި ޖޯން ސްޓޯންސް އެވެ.

ސިޓީ އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 82 ވަނަ މިނެޓުގައި ލިރޯއި ސާނޭއެވެ. މީގެއިތުރުން ވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވަފައެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ބަޔާ ލެވަކޫސަންއާ ވާދަކޮށް އެޓްލެޓިކޯ މެޑްރިޑް މޮޅުވީ 2-4 ގެ ނަތީޖާއިންނެވެ.

ބަޔާ ލެވަކޫސަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 17 ވަނަ މިނެޓުގައި ސައުލް އެވެ. މި ލަނޑަށްފަހު ވެސް އެޓްލެޓިކޯ އިން ދިޔައީ ބަޔާ ލެވަކޫސަންގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.

އެޓްލެޓިކޯ އިން މެޗުގެ ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރިޒްމަން އެވެ. އެޓްލެޓިކޯ އަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ބަޔާ ލެވަކޫސަންގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ބަޔާ ލެވަކޫސަން އިންނެވެ. އެގޮތުން 48 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލަރަބީ އެވެ.

އެހެންނަމަވެސް އެޓްލެޓިކޯ އިން ވަނީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާ ބަޔާ ލެވަކޫސަންގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން 58 ވަނަ މިނެޓުގައި ގަމީރޯ ވަނީ އެޓްލެޓިކޯ އަށް ލީޑު ފުޅާކޮށްދީފައެވެ.

ބަޔާ ލެވަކޫސަން އަށް ދެވަނަ ފަހަރަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ 67 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓްލެޓިކޯގެ ސަވިކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެޓްލެޓިކޯ އިން މެޗުގައި ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 86 ވަނަ މިނެޓުގައި ފެނާންޑޯ ޓޮރޭޒް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު