Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް

ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 11:36
ޗެމްޕިއަންސް ލީގުގައި މޮނާކޯގެ އެމްޕާބޭ އާއި ބަކަޔޯކޯ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޗެމްޕިއަންސް ލީގުގައި މޮނާކޯގެ އެމްޕާބޭ އާއި ބަކަޔޯކޯ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އަމިއްލަ ދަނޑުގައި 3-1 ލަނޑުން މެންޗެސްޓާރ ސިޓީ ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ފްރާންސްގެ މޮނާކޯ ދަތުރުކޮށްފި އެވެ.

މި ދެޓީމު ފުރަތަމަ ލެގުގައި ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 5-3 ލަނޑުން މޮނާކޯ ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެރޭ ކުޅުނު މެޗު 3-1 ލަނޑުން ކާމިޔާބުކޮށް މޮނާކޯ ކުއާޓާއަށް ދިޔައީ 6-6 އިން އެގްރިގޭޓް ނަތީޖާ އެއްވަރުވި ނަމަވެސް އަވޭ ގޯލުގެ ފައިދާއިންނެވެ.

މޮނާކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ އެންމެ ކުރިއަށް ކުޅެމުން އަންނަ ކީލިއަން އެމްޕާބޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އެގޮތުން އޭނާ ވަނީ މެޗުގެ 3 ވަނަ މިނެޓުގައި ސިޓީގެ ގޯލަށް ހަމަލާއެއް ފޮނުވާލާފަ އެވެ. އަދި މެޗުގެ 8 ވަނަ މިނެޓުގައި އޭނާވަނީ މޮނާކޯއަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ނަގައިދީފަ އެވެ.

މި ލަނޑަށް ފަހު ވެސް މޮޅަށް ކުޅެމުންދިޔަ މޮނާކޯ އިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ލަނޑުޖެހުމަށް ފުލުފުލުގައި ފުރުސަތުތައް ތަނަވަސްކޮށްފައެވެ. މި ހާފުގައި މޮނާކޯއަށް ލީޑު ފުޅާކޮށްދިނީ 29 ވަނަ މިނެޓުގައި ފަބީނިއޯ އެވެ.

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ފަށައިގެން ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ 71 ވަނަ މިނެޓުގައި ލަނޑެއްޖަހައި ކުއާޓާއަށް ދިއުމުގެ އުންމީދު އާކޮށްފަ އެވެ. މިލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭ އެވެ.

ސިޓީން ޖެހި މިލަނޑާއެކު މޮނާކޯގެ ކުޅުންތެރިން ވަނީ އެއްކޮށް ކުރިއަށްޖެހި އަނެއްކާވެސް ސިޓީގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން ގާތްގާތުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންގޮސް 77 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ތީމޫ ބަކަޔޯކޯ އެވެ.

މި ލަނޑާއެކު މޮނާކޯ އިން ކުޅެމުންދިޔައީ ޑިފެންސިވް ގޭމެކެވެ. އެގޮތުން އެޓީމު އެއްކޮށް ފަހަތަށް ޖެހި ސިޓީގެ ބޯޅަތައް ދިފާއުކުރި އިރު މޮނާކޯގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

މީގެ އިތުރުން ސިޓީގެ އަގުއޭރޯ އަދި ސާނޭ އަށް ވަނީ ލަނޑުޖެހުމަށް މިވަގުތު ތަކުގައި ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް ނިމި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑުގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއި ޑޯޓްމަންޑް އަދި އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ މޮނާކޯ އަދި އިނގިރޭސި ވިލާތުގެ ޕްރެމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓަރ ސިޓީ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބަޔާން ލެވަކޫސަން އަދި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ފުރަތަމަ ލެގު އެތުލެޓިކޯއިން 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތުމާއެކު އެޓީމުވަނީ ކުއާޓާއަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު