Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލެސްޓާ ކުއާޓާއަށް

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

ޕްރިމިއާ ލީގުގައި ލެސްޓާ އޮތީ 28 ޕޮއިންޓާއެކު 15 ވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 07:42
ލެސްޓާ ސިޓީ އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ލެސްޓާ ސިޓީ އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ސެވިއްޔާ ސިއްސުވާލުމަށް ފަހު މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި ފުރަތަމަ އިނގިރޭސި ޓީމުގެ މަގާމު ލެސްޓާ ސިޓީން ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ސެވިއްޔާއާ ވާދަކޮށް ލެސްޓާ އިން މެޗު ކާމިޔާބުކޮށްފައި ވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން އެޓީމުން ރަނގަޅަށް ކުޅެފައިވާއިރު، 27 ވަނަ މިނެޓުގައި އެޓީމުން ވަނީ ރިޔާދު މަހްރޭޒްގެ އެހީތެރިކަމާ އެކު ވެސް މޯގަން ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށް ފަހު ސެވިއްޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލެސްޓާގެ ގޯލަށް ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ފޮނުވާލާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުނީ ލެސްޓާގެ މޮޅު ކުޅުމާއެކު 0-1 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް އެޓީމު ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ސެވިއްޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލެސްޓާގެ ހާފްތެރެއަށް ބޯޅަތައް ގިނަކުރި އެވެ. އެހެންނަމަވެސް ސެވިއްޔާ އިން ރަނގަޅަށް ކުޅެމުން ދިޔަ ދަނޑިވަޅެއްގައި ލެސްޓާ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 54 ވަނަ މިނެޓުގައި މާކް އޯލްބްރައިޓަން އެވެ.

މި ލަނޑަށް ފަހު ލެސްޓާ އިން މުޅިން އެއްކޮށް ފަހަތަށް ޖެހި ޑިފެންސްކޮށްފައިވާއިރު، ސެވިއްޔާ އިން ވަނީ ކުރިޔަށް ޖެހި ލެސްޓާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ސެވިއްޔާ އަށް މެޗުގައި އިތުރު ހުރަސްތަކާ ކުރިމަތިވީ 74 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ސާމީ ނަސްރީ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މީގެ އިތުރުން އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކުރަން 80 ވަނަ މިނެޓުގައި ޕެނަލްޓީއެއް ވެސް ވަނީ ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީ ސްޓީވެން ފޮނުވާލި އިރު، ލެސްޓާގެ ކީޕަރު ޝޫމައިކަލް ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ސެވިއްޔާ ދަނޑުގައި 1-2 ގެ ނަތީޖާއިން ސެވިއްޔާ ކޮޅަށް ބުރަވި އިރު، ލެސްޓާ ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާ އެކު 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާއިން ފުރުސަތު ލިބުނީ ލެސްޓާ އަށެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޕްރިމިއާ ލީގުގައި އެޓީމު އޮތީ ކުޅުނު 28 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގަ އެވެ.

މީގެ އިތުރުން މިއީ ލެސްޓާގެ އާ ކޯޗު ކްރައިގް ޝޭކްސްޕެއާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ އޮފިޝަލް މެޗެވެ. އެޓީމަށް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ކްލައިޑިއޯ ރަނިއޭރީ ވަނީ މަގާމުން ދުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު