Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސްލީގު: ބާސާ ކުއާޓާ

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 0-4 ގެ ނަތީޖާއިން ޕީއެސްޖީ ކޮޅަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 9 މާރިޗު 2017 | ބުރާސްފަތި 08:07
ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ލަދުގަންނުވާލުމަށްފަހު ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީއާ ވާދަކޮށް ބާސާ މެޗު ކާމިޔާބުކުރީ 1-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. އެގޮތުން ޕީއެސްޖީގެ ހާފަށް ބާރުބޮޑުކޮށް ބާސާ އިން ވަނީ މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސާ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. މި ލަނޑަށްފަހު ވެސް ބާސާ އިން ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާކުރަމުންނެވެ.

އެގޮތުން 40 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ޕީއެސްޖީގެ ކުރްޒާވާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޕީއެސްޖީގެ މައްޗަށް ބާސާ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ބާސާއެވެ. އެގޮތުން 50 ވަނަ މިނެޓުގައި ލިއޮނެލް މެސީ ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

އެހެންނަމަވެސް ބާސާ އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ޕީއެސްޖީގެ އެޑިންސަން ކަވާނީ ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށް، ބާސާ ހާސްކޮށްލާފައެވެ. މީގެއިތުރުން މި ލަނޑާއެކު ޕީއެސްޖީން ވަނީ ފަހަތަށް ޖެހި ވަރުގަދަ ޑިފެންސެއް ކޮށްފައެވެ.

ޕީއެސްޖީ ފަހަތަށް ޖެހިގެން ކުޅުނު ނަމަވެސް ބާސާ އިން ވަނީ މުޅި ޓީމު އެއްކޮށް ކުރިޔަށްޖެހި ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ ފަހު ފަސް މިނެޓު ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ނޭމާ ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އޭނާއެވެ. ބާސާ އިން މެޗުގައި ޖެހި ހަ ވަނަ ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސާޖިއޯ ރޮބާޓޯ އެވެ.

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން ބާސާގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ދެވަނަ ލެގުގެ ނަތީޖާއާއެކު 5-6 ގެ އެގްރިގޭޓް ނަތީޖާއަކާއެކު ބާސާ ވަނީ ކުއާޓާ އަށް ދަތުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު