Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ކުއާޓާ އަށް ދިއުމަށް ބަޔާން ދަނޑުގައި ކުޅޭ މެޗު ފަސް ލަނޑުން އާސެނަލް ކާމިޔާބުކުރަން ޖެހޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 07:39
ރެއާލް މެޑްރިޑް އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް މެޑްރިޑް އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް މޮޅުވެ ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނަޕޯލީއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނަޕޯލީންނެވެ. މި ލަނޑު 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޝިކްގެ އެހީތެރިކަމާއެކު އިންސިގްނޭއެވެ.

މި ލަނޑާއެކު ރެއާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ނަޕޯލީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން 18 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހު ވެސް ރެއާލް އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ރެއާލް އިންނެވެ. އެގޮތުން އެޓީމަށް ވަނީ ފުރަތަމަ ހާފެކޭ އެގޮތަށް ދެވަނަ ހާފްގައި ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ރެއާލް އިން މެޗުގެ ލީޑު ނެގީ 49 ވަނަ މިނެޓުގައެވެ. މި ލަނޑު ކްރިސްތިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރެއާލްގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދެއްކި ޓޯނީ ކްރޫޒް އެވެ.

ރެއާލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު ކަސްމީރޯ އެވެ. މީގެއިތުރުން ވެސް ރެއާލްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ރެއާލް އަދި ނަޕޯލީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ނަޕޯލީ ދަނޑުގައެވެ. ނަޕޯލީއަށް ދެވަނަ ބުރަށް ދެވޭނީ އެ މެޗު ދެ ލަނޑުގެ ތަފާތުން ކާމިޔާބުކޮށްގެންނެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލްއާ ވާދަކޮށް ބަޔާން މެޗު ކާމިޔާބުކުރީ 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބަޔާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން އެޓީމުން މޮޅަށް ކުޅެފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން އިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާޔަން ރޮބެންއެވެ. މި ލަނޑަށްފަހު ވެސް ބަޔާން އިން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާކުރަމުންނެވެ.

އެހެންނަމަވެސް ބަޔާން އިން މޮޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސަސް ސަންޗޭޒް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ ނޯޔާ ސޭވްކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލުމުން ރީބައުންޑުންނެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބަޔާން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

ބަޔާން އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 53 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ބަޔާން އިން މެޗުގެ ލީޑު ފުޅާކުރީ ތިއާގޯ އަލަކަންޓާރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ބަޔާން އިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަލަކަންޓާރާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ 64 ވަނަ މިނެޓުގައެވެ. މެޗު ނިމެންދަނިކޮށް ބަޔާން އަށް މެޗުގައި އެޓީމުން ކާމިޔާބުކުރި ފަސް ވަނަ ލަނޑު ޖަހައިދިނީ 88 ވަނަ މިނެޓުގައި ތޯމަސް މުލާ އެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. ކުއާޓާއަށް ދިއުމަށް އާސެނަލް އިން އެ މެޗު ބަޔާން ދަނޑުގައި ފަސް ލަނޑުން ކާމިޔާބުކުރަން ޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު