Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ކުއާޓާ އަށ

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

އަމިއްލަ ދަނޑުގައި ރެއާލް ވަނީ 1-3 ގެ ނަތީޖާއިން ނަޕޯލީ ބަލިކޮށްފަ

ލީވާން އަލީ
ލީވާން އަލީ | 8 މާރިޗު 2017 | ބުދަ 08:24
ރެއާލް އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް އަދި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނަޕޯލީއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެހެންނަމަވެސް ރެއާލް އިން ވެސް ދިޔައީ މެޗުގައި ލަނޑު ޖަހަން ފުރުސަތު ހޯދަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނަޕޯލީންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑްރައިސް މާޓެންސްއެވެ. މި ލަނޑަށް ފަހު ވެސް ނަޕޯލީއަށް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖަހަން ގިނަ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ނަޕޯލީގެ މޮޅު ކުޅުމާއެކު 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ރެއާލް އެވެ. އެގޮތުން އެޓީމުން ވަނީ ނަޕޯލީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތު ތަނަވަސްކޮށްފައެވެ.

ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 51 ވަނަ މިނެޓުގައި ޓޯނީ ކްރޫޒްގެ އެހީތެރިކަމާއެކު ސާޖިއޯ ރާމޮސްއެވެ. އޭގެ ހަ މިނެޓުފަހުން ރެއާލް އިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފައިވާއިރު، މި ލަނޑަކީ ނަޕޯލީގެ ޑްރައިސް މާޓެންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ރެއާލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކްރިސްތިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރުމުން ޑިފްލެކްޓްވެގެން އައި ވަގުތު އެއްފަހަރުންނެވެ.

މި ނަތީޖާއާއެކު، ރެއާލް ވަނީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ހޯދި 1-3 ގެ ނަތީޖާއާއެކު ޖުމްލަ 2-6 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއިން ކުއާޓާއިން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު