Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް - އިޖުތިމާއި ކޮމެޓީ

ހެލްތް ދާއިރާގެ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

8 އޯގަސްޓު 2020 | ހޮނިހިރު 11:10

ކޮމިޝަނަރ ޖެރެނަލް އޮފް ކޮލިޓީ އެސުއަރރެންސް މަގާމުގައި ބޭފުޅަކު ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އޯގަސްޓު 2020 | ހޮނިހިރު 11:10
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުގައި ބައިވެރިވި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުގައި ބައިވެރިވި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން

ދިވެހިރާއްޖޭގެ ހެލްތްގެ ދާއިރާގައި ކޮންމެހެން ތިއްބަވަންޖެހޭ މަގާމަކަށް ބޭފުޅުން މިހާތަނަށް އައްޔަން ކުރައްވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމެޓީން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަޑައިގެން މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައި މިވަނީ، ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މަޖިލީހުގެ ސަމާލުކަމަށް އެބޭފުޅުން އެ މައްސަލަ ގެންނެވުމުން ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ ބޭފުޅުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވީ، ޑރ. ހުސައިން މާހިރު، ޑރ. އިސްހާޤް ޝަފީޤް، ޑރ. މުހައްމަދު ޝާފީ މުނީރު، ޕްބަލިކް ހެލްތުގެ ދާއިރާގައި ގިނަ ދުވަހު ހިދްމަތް ކުރެއްވި ހަފީޒާ އަލީ އަދި ހަދީޖާ އަބްދުޞަމަދު އަބްދުﷲ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރި ގިނަ މައްސަލަތައް އެ ބޭފުޅުން ފާހަގަކުރެއްވިއިރު، މުހިއްމު ބައެެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިނުވާތީ ވެސް އެބޭފުޅުންގެ ކަންބޮޑުވުން ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ހެލްތު މިނިސްޓްރީގެ ލީޑަރޝިޕްގެ ދަށުގައި ތިއްބާ 5 މަގާމެއް އެބޭފުޅުން ފާހަގަކުރެއްވިއިރު، ޕަބްލިކް ހެލްތް ސަރވިސަސްގެ މަގާމަކީ ހެލްތް މިނިސްޓަރަކު ހުންނެވި ނަމަވެސް، އިންޓަރނޭޝަނަލް ލެވެލްގައި ހުރިހާ ގައުމެއްގައި އޮންނަ މަގާމެކެވެ.

ހަފީޒާ ވިދާޅުވީ، މީގެކުރީން އެމަގާމުގައި ބޭފުޅަކު ހުންނެވި ކަމަށެވެ. ނަމަވެސް މިސަރުކާރު އައިފަހުން އެމަގާމުގައި ހުސްކޮށް އޮތްތަނުގައި އެމަގާމުގެ މަސްއޫލިއްތު އެއްގޮތަކަށް ވެސް ނުހިނގާ ކަމަށެވެ.

ހަފީޒާ ވިދާޅުވީ ޓެކްނިކަލް ހުރިހާ މަސައްކަތުގެ ނިންމުންތައް ނިންމުމާއި ލަފާ ދިނުމާއި މަޝްވަރާދިނުމާއި އެހުރިހާ ކަމެއްކުރާ މީހަކީ ޕަބްލިކް ހެލްތް ސަރވިސަސްގެ މަގާމުގައި ހުންނަ މީހާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެމަގާމުގައި ހުންނަވަން ޖެހެނީވެސް ވަރަށް ސްޕެސަލައިޒް ޑޮކްޓަރެއް ކަމަށްވެސް ހަފީޒާ ވިދާޅުވި އެވެ.

ހަފީޒާ ވިދާޅުވީ އެމަގާމަށް ކުރިމަތިލުމުގައިވެސް ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ހަފީޒާ ވިދާޅުވީ އެއި ސިވިލް ސަރވިސް މަގާމެއް ކަމަށްވެފައި، މުސާރަ ހިނގާނީ، ސިވިލް ސަރވިސްގެ އޮނިގަނޑުގެ ދަށުން ކަމަށްވާތީ، މުސާރަ ދައްވުން ވެސް ހިމެނޭ ކަމަށެވެ.

މީގެއިތުރުން، މޯލްޑިވްސް ފުުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިޔާ، ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ތެލެސީމިއާ ސެންޓަރުގެ އިސްވެރިޔާ، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ބްލަޑް ސަރވިސަސް، ގާނޫނު ލާޒިމު ކުރާ، ކޮމިޝަނަރ ޖެރެނަލް އޮފް ކޮލިޓީ އެސުއަރރެންސް މަގާމުގައި ވެސް ބޭފުޅަކު ނެތް ކަމަށާއި އަދި ލޭ އެޅުމާއި އަދި ލެއާ ގުޅުންހުރި މައްސަލަތަކުގައި ފަރުވާ ދިނުމުގެ ޒިންމާ ނަގަން ހުންނަ ހިމަޓޮލަޖިސްޓްގެ މަގާމުގައި ވެސް ބޭފުޅަކު ނެތް ކަމަށް ހަފީޒާ ވިދާޅުވި އެވެ.

ކޮމެޓީގެ ބައިވެރިވި ވަޑައިގެންނެވި ސިއްހީ ހިދްމަތްތެރިން ވަނީ އެ މަގާމުތަކަކީ، ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް މުހިއްމު މަގާމުތަކެއް ކަމަށާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރެވޭނީ އެމަގާމުތަކަށް އެކަށީގެންވާ، ރަނގަޅު ބޭފުޅުން އައްޔަން ކުރެވިގެން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް