Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

ތިނަދޫގައި ހިންގާ އެންމެ މަޝަރޫއެއް ފިޔަވާ ހުރިހާ މަޝްރޫއުތަކަކީ ރައީސް ނަޝީދުގެ ސަރުކާރުގެ މަޝްރޫއުތަކެއް ކަމަށް ނާޒިމް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 11:39
ގދ. ތިނަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ނާޒިމް ވަހަކަ ދައްކަވަނީ

ގދ. ތިނަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ނާޒިމް ވަހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ އެއްވެސް މަޝްރޫއުއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކެއް ހިންގުމަށް ބުރާސަފަތި ދުވަހު އެމްޑީޕީން ތިނަދޫއަށް ކުރި ދަތުރުގައި "ރާއްޖެއެމްވީ"އަށް ނާޒިމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ތިނަދޫގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިނަދޫގައި ހިންގަން ނިންމައި، ޕްލޭންތައް ކުރެވި، އަދި ބައެއް ޕްރޮޖެކްޓްތަކަށް ފަންޑުވެސް ހޯދާފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ތިނަދޫގައި މިހާރު ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ މަގުތަކުގައި ތާރު އެޅުމުގެ ޕްރޮޖެކްޓަކީ ރައީސް ނަޝީދުގެ ސަރުކާރުން ޕްލޭންކޮށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ވޭތުވެދިޔަ ފަސްއަހަރު ވީއިރުވެސް އެޕްރޮޖެކްޓްގެ ދަށުން ތާރުއެޅިފައިވަނީ މަދު މަގުތަކެއްގަ ކަމަށެވެ. ނާޒިމް ވިދާޅުވީ މަގު ހެދުމުގެ ޕްރޮޖެކްޓް މި ސަރުކާރުން ހިންގާފައިވާ ގޮތުން ރައްޔިތުންގެ ނުރުހުން އެބަހުރި ކަމަށާއި ވާރޭ ވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތި ލާންޖެހިފައިވާ ކަމަށެވެ.

"ރައީސް ޔާމީން މިދިއަ ރިޔާސީ އިންތިހާބު ކެމްޕެއިނުގައި ތިނަދޫއަށް ވަޑައިގެންނެވިއިރުވެސް، މި ޕްރޮޖެކްޓްތައް ދަނީ ހިނގަމުން. މޮބަލައިޒޭޝަން ކަންތައްތައް އޮތީނިމިފަ. ފާހާނާ ހޮޅިތައް ހުރީ އެޅިފަ. ފެން އޮތީ ދެވިފަ. ތާރު ހުރީ މިރަށަށް ގެނެސްފަ. ހިލަ ހުރީ ގެނެސްފަ. އަދި މި ފްލެޓްގެ ކަންތައްތަކަކީ ރައީސް ޔާމީނަށް އެއްގޮތަކަށްވެސް ގުޅުމެއްހުރި ކަމެއް ނޫން. ރައީސް ޔާމީން މިވަނީ މި ރަށުގައި 20 ކިލޯމީޓަރުގެ ތާރު އަޅަން އޮތް ޕްރޮޖެކްޓް 6 ކިލޯމީޓަރަށް ބަދަލުކޮށްފަ. އަނެއްކާ ތާރު އަޅާފައިވަނީ ވެސް ވާރޭ ވެހިއްޖެއްޔާ ރައްޔިތުންނަށް ތަކުލީފް އުފަލަންޖެހޭގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދާދިފަހުން ތިނަދޫއަށް ވާރޭ ވެހުމުން ތިނަދޫ ގެތަކުގައި ފެންބޮޑުވެ، ބައެއް ގޭތަކުގައި ހިފައި ގެންގުޅޭ ސާމާނުތައް ހަލާކުވެ، ރައްޔިތުން ނިކަމެތި ހާލަތަށް ދިޔަކަމަށެވެ.

"މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ފަހަތުގަ އޮތީ ވަންކަން. ވައްކަން ކުރުން ނޫންކަމެއް މި ޕްރޮޖެޓްތަކުގެ ތެރެއިން ނުހިނގާ،" ނާޒިމް ވިދާލުވި އެވެ.

ތިނަދޫ ބިންހިއްކުމުގެ މަޝްރޫއަކީ ވެސް ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު މަޝްވަރާކުރެވި، ޕްލޭން ކުރުމާއި އެޕްރޮޖެކްޓަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށްވެސް ރައީސް ނަޝީދުގެ ސަރުކާރު ދުވަސްވަރު، އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ތިނަދޫއަށް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަން ނިންމާފައިވަނީ ތިނަދޫގައި ބާއްވަން ނިންމި އިސްލާމިކް ކޮންފަރެންސާ ދިމާކޮށް ކަމަށެވެ. ތިނަދޫގައި މިހާރު މިސަރުކާރުން ވަރަށް ފެންވަރު ދަށްކޮށް އިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ތިނަދޫއަށް ތަރައްގީ ގެނައުމަށް ނިންމާފައިވާ މުހިއްމު އެއް ޕްރޮޖެކްޓް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ޕްރޮޖެޓްގެ ސަބަބުން ތިނަދޫއަށް އުމްރާނީ ގޮތުން ގިނަ އެހެނިހެން ޕްރޮޖެކްޓްތައް އަންނަ ގޮތަށް ރޭވިފައިވާ ޕްރޮޖެކްޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި އިމާރަތްކުރާ އިސްލާމިކް ސެންޓަރ: މިއީ ރައީސް ނަޝީދުގެ ސަރުކާރުން ތިނަދޫއަށް ގެނެސްފައިވާ ޕްރޮޖެކްޓެއް-- ފޮޓޯ: މުހައްމަދު ފަޒީން

"ޕާކް އަކީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްކޮށްގެން މިސަރުކާރުން ހިންގާ މަޝްރޫއެއް. ނަމަވެސް އެ ފައިސާ ބަޖެޓްގައި ހިމަނާފައެއް ނުވޭ. މި ޕްރޮޖެކްޓްގެ ސަބަބުން ތިނަދޫ ރައްޔިތުންނަށް ވާނެ ފައިދާއަކީ ކޮބައިތޯ، އެ ޕްރޮޖެކްޓަކީ ހުޅުވުމަށްފަހު، ރިކަރެންޓްގެ ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭ އެތަނަށް. އެއަށްވުރެ މާމުހިއްމު ކަންތައްތައް މިރަށުގައި ކުރަން އެބަހުރި. ކުރަންޖެހޭ އަސާސީ ކަންކަން އެބަހުރި. އެހެންނަމަވެސް ސިޔާސަތެއް ނެތި ޕްލޭނެއް ނެތް، އަދި މިސަރުކާރުގެ ވައުދުތައް ފުއްދުމެއްނެތި މިފަދަ ޕްރޮޖެޓްތައް ހިންގަނީ ވައްކަން ކުރަން،" ނާޒިމް ވިދާޅުވި އެވެ.

މިސަރުކާރުން ތިނަދޫގައި ހަދަމުންދާ މިއުޒިއަމް ޕާރކް: ފޮޓޯ: މުހައްމަދު ފަޒީން

ނާޒިމް ވަނީ މިސަރުކާރުން ކޮރަޕްޝަނާ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، މިހާރު ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅޭތީ އެކަމާވެސް ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ.

"ރާއްޖޭގެ ފަޅުރަށްރަށުގެ އިތުރުން ފ. އަތޮޅުވެސް މިސަރުކާރުން އެވަނީ ފެންތައްޓަކާ ނުލާ ދިރުވާލާފަ. ރައްޔިތަކަށް ވާނުވާއެއްވެސް އެނގެނީކީ ނޫން. ފޭދޫ ފިނޮޅަކީ ރައްޖޭގެ ރައްޔިތުންގެ އުއްމީދެއް. އެރަށްވެސް ވިއްކާލައިފި. މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުގޮސް މޫދަން އެރެން އޮތް ކުޑަ ބަނޑޮސްވެސް ވަނީ ވިއްކާލާފަ. މި ގޮތަށް ރައްޔިތުންގެ ރުހުމެއްނެތި އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ނުބަލާނެ. އެކަން މިފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ރާއްޖޭގެ އަދުލްއިންސާފާއި ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވެފަ އެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާއިރު، ރައްޔިތުންގެ މަޖިލީސް އޮތީ ސަރުކާރާ އެކުގަ ކަމަށެވެ. ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކުގެ އަގު މިސަރުކާރުން ބޮޑު ކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުން އެކަން ހުއްޓުމުގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ރައްޔިތުން ނިކަމެތި ކުރުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު