Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސާ ހޯދުން

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

މައްސަލައިގެ އަޑުއެހުމެއް ވަނީ މާދަމާ 10:15 އަށް ތާވަލްކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ފެބުރުއަރީ 2017 | ހޮނިހިރު 22:42
ރައީސް މައުމޫން

ރައީސް މައުމޫން

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން މައްޗަށް ދައުވާ އުފުލައިފި އެވެ.

ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ކަމުގައިވާ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫނު އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އިންނެވެ. އާރްސީސީއއަކި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އާއި ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުގެ ތާވަލް ބުނާ ގޮތުން މައްސަލައިގެން ފުރަތަމަ އަޑުއެހުން ތައާވަލްކޮށްފައިވަނީ، މާދަމާ 10:15 އަށެވެ. އަދި މައްސަލައިގެ ބާވަތެއް ކަމުގައި ތާވަލްގައި ބުނެފައިވަނީ، މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އާރުސީސީން ދެ މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރީ، ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ނަމުގައި ރަޖިސްޓްރީ އޮންނަ ގެއެއް އިމާރާތްކުރުމަށް ފަހު، އެ އިމާރާތުގެ އަގުގެ ގޮތުގައި ނުދައްކައި ބާކީ އޮތް ދެ މިލިއަން ރުފިޔާ ހޯދުމަށެވެ. އާރުސީސީން އިމާރާތްކުރި މި ގެ ހުންނަނީ ޗާންދަނީމަގުގަ އެވެ.

މިކަމާ ގުޅޭ ގޮތުން އާރުސީސީގެ ފަރާތުން ވެސް، އަދި ރައީސް މައުމޫނުގެ ބޭފުޅުންގެ ބަހެއް ވެސް ނުލިބެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު