Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް

މެދުފަންތީގެ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފެލެޓްތަކެއް އިމާރަތްކުރަނީ

25 ޖުލައި 2020 | ހޮނިހިރު 06:50

ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތް ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2020 | ހޮނިހިރު 06:50
ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތަކެއް

ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތަކެއް

މެދުފަންތީގެ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފެލެޓްތަކެއް ހަދައި ވިއްކާނެ ބަޔަކު ހޯދަން ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިއުލާންކޮށްފިއެވެ.

ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތް ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" އިމާރާތްކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެންބަރު މަހުގެ 24ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެޗްޑީސީން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ހުށަހަޅާ ޕްރޮޕޯޒަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށާއި، ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 އޮގަސްޓް ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީޚަކީ 27 އޮގަސްޓް ކަމަށް އެޗްޑީސީން ބުނެއެވެ.

"މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް"ގެ ތެރެއިން 3 އިމާރާތް 14 ބުރިއަށް ހަދާއިރު، އެއް އިމާރާތް ހަދަނީ 10 ބުރިއަށްށެވެ.

މެދުފަންތީގެ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި ވިއްކާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، ދިވެހި ރާއްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އަދި މާލެ ސިޓީގައި ކުއްޔަށް ދޫކުރާ އެޕަރޓްމެންޓްތަކުގެ ކުލީގެ އަގު ބޮޑު މައްސަލަ ވެސް ރައްޔިތުން ފާހަގަކުރަމުންދާއިރު، މިހާތަނަށް އެއްވެސް ސަރުކާރަކަށް މިމައްސަލަ ހައްލު ކުރެވިފައިނުވެއެވެ.

ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު އަސްލަމް، ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،013 އާއިލާއެއް ދިރިއުޅެމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ޓާގެޓަކީ، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުން ކަމަށެވެ.

އަސްލަމް ވިދާޅުވީ، މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި އެގޮތުން 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގެ ތެރޭގައި 21،013 އާއިލާއެއް އުޅެމުންދާ އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވެފައިވަނީ، 600 އަކަފޫޓަށްވުރެ، ކުޑަ ތަންކޮޅެއްގައި އާއިލާއެއް ދިރިއުޅޭނަމަ، އެއީ ދިރިއުޅެން ކަމުދާ ތަންކޮޅެއް ކަމަށް މިސަރުކާރުން ނުދެކޭ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް