Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މިދިޔަ އަހަރު ވެސް މިގޮތަށް ހަމަޖެއްސި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 ޖެނުއަރީ 2017 | ހުކުރު 00:00
އާސަހަރާ: މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ހަމަޖެއްސުމުން ދަތިތައް ކުރިން ދިމާވި

އާސަހަރާ: މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ހަމަޖެއްސުމުން ދަތިތައް ކުރިން ދިމާވި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި އަލަށް ހެދި ސަހަރާގައި ވަޅުލާ ގޮތަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް، އާންމުންގެ ޝަކުވާތަކާއި މިނިސްޓްރީން ހަމަޖެއްސި އިންތިޒާމްތަކުގެ ފެންވަރު ދަށްވަމުން އެ ނިންމުން އަނބުރާ ގެންގޮސް މާލޭގައި ވަޅުލާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި ނިޔާވާ މީހުން ވަޅުލުމާއި، ޖަނަޒާގެ ހުރިހާ ކަމެއް އަންނަ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

ހުޅުމާލޭގައި މީހުން ވަޅުލާ ގޮތަށް ނިންމާފައިވާއިރު، އިއުލާނުގައި ވަނީ ހުޅުމާލޭ ސަހަރާއިން ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި، ކަފަ އާއި، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ހިލޭ ނުވަތަ ހަމައެކަނި މެޓީރިއަލްގެ އަގު ނަގައިގެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މަސައްކަތް ކުރާފަރާތަށް އެ މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން މިދިޔަ އަހަރު ހަމަޖެއްސި އުސޫލުގައިވާ ގޮތުން، މައްޔިތާ އުފުލާފެރީ އޮންނަ ސަރަހައްދަށް އެމްބިއުލާންސްގައި ގެންގޮސްދޭނީ 60ރ. އެވެ. އަދި އެމްޓީސީސީގެ ފެރީގައި މައްޔިތާ 608ރ. އަށް ހުޅުލެއަށް ގެންގޮސް ހުޅުލެއިން ވެހިކަލެއްގައި 160ރ. އަށް ހުޅުމާލޭ ސަހަރާއަށް ގެންދާ ގޮތަށް އެކުލަވާލާފައިވާ އެ އުސޫލަށް އާންމުން ވަރަށް ބޮޑު ފާޑިކިޔުމެއް އަމާޒުވި އެވެ.

ހުޅުމާލޭ ސަހަރާއަކީ 8،000 އަށް ވުރެ ގިނަ މީހުން ވަޅުލެވޭ ގޮތަށް ހަދާފައިވާ ސަހަރާއެކެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ލަފާކުރާގޮތުގައި ކުރިއަށް އޮތް ހަ އަހަރަށް އެތަނުގައި މީހުން ވަޅުލެވޭނެ އެވެ.

ހުޅުމާލޭ ސަހަރާ ހަދާފައިވަނި އެއްފަހަރާ ހަތަރު މީހުން ހިނެވޭނެ ގޮތަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު