Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޯޑަރު ހުޅުވާލުން

ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސި ވިލާތުން

އިނގިރޭސިވިލާތުގެ 117 މީހަކު ވަނީ ރާއްޖެ އައިސްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 ޖުލައި 2020 | ހުކުރު 13:13
ރާއްޖެ އައި ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި

ރާއްޖެ އައި ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި

މި ހިނގާ ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން ފާއިތުވި ދިހަ ދުވަހު އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންނެވެ.

އެގޮތުން އެ ގައުމުން 117 ފަތުރުވެރިއަކު މިހާތަނަށް އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން މިހާތަނަށް 106 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ޖާރުމަންވިލާތުގެ 73 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާއިރު ސްވިޒަލޭންޑް އަދި ރަޝިޔާގެ 45 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ. ފިލިޕީންސްގެ 35 ފަތުރުވެރިއަކު، ޔޫއޭއީ އަދި ސްޕެއިންގެ 31 ފަތުރުވެރިއަކު، ހަންގޭރީގެ 30 އަދި މިސްރުގެ 23 ފަތުރުވެރިއަކު ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 8 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބޯޑަރު ބަންދު ކުރީ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާފައިވާއިރު އެންމެ ފުރަތަމަ ޖައްސާފައިވަނީ ގަތަރުގެ ފްލައިޓެކެވެ. މި ފްލައިޓުން 100 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ބޯޑަރު ހުޅުވިފަހުން މިހާތަނަށް ރާއްޖެއަށް އިއްތިހާދު އެއަރވޭސް އާއި އެމިރޭޓްސްގެ ފްލައިޓްތައް ވަނީ ޖައްސާފައެވެ.

މީގެ އިތުރުން ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ސިލްކްއެއަރ، ހޮންގް ކޮންގް އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް އަދި ބުރިޓިޝް އެއަރވޭސް އިން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު މަހު ސްވިޓްޒަލެންޑުގެ އެޑެލްވައިސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާއިރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓަރކިޝް އެއަރލައިންސްގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށާނެއެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް 12 އެއަރލައިނަކުން ޝެޑިއުލްކޮށްފައިވާއިރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު