Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިއްތިހާދު އެއާވޭސް

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ރަސްމީކޮށް ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރ 1، 2011

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 ޖެނުއަރީ 2017 | ހޮނިހިރު 11:14
އިއްތިހާދު އެއާވޭސްގެ ބޯޓެއް

އިއްތިހާދު އެއާވޭސްގެ ބޯޓެއް

މި އަހަރު އިއްތިހާދު އެއަރވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމާފައިވާ ކަމަށް އެ އެއަރލައިނުން ހާމަކޮށްފި އެވެ.

އިއްތިހާދުން ބުނީ އަބޫ ދާބީ އާއި މާލެއާ ދެމެދު އިތުރު ޝެޑިއުލް ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާނެ ކަމަށެވެ. މި ހަތަރު ފްލައިޓާއި އެކު އިއްތިހާދުގެ 11 ޝެޑިއުލް ދަތުރު ޖުލައި 1، 2017 އިން ފެށިގެން ސެޕްޓެމްބަރ 17، 2017ގެ ބާއްވާނެ ކަމަށް އިއްތިހާދުން ވަނީ ބުނެފައެވެ.

އިއްތިހާދުން، އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުންދާތާ ފަސް އަހަރު ވެފައިވާއިރު، މިގޮތަށް ދަތުރުތައް ބާއްވަން ނިންމީ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށް ކަމަށެވެ. ސަމާރ ސީޒަނުގައި އޭ320 މަރުކާގެ އިތުރު ދެ އެއަރ ކްރާފްޓް ދަތުރުތަކުގައި ބޭނުންކުރާނެ ކަމަށާއި އެއީ ސޯޅަ ގޮނޑީގެ ބިޒްނަސް ކްލާސް އަދި އިކޮނޮމީގެ 120 ގޮނޑި ހިމެނޭ ފްލައިޓްތަކެވެ.

އިތުރުކުރި ހަތަރު ފްލައިޓުން އިސްކަންދޭނީ އަބޫ ދާބީގެ ލޯކަލް ފަސިޖަރުންނަށް ކަމަށާއި މިފްލައިޓްތައް އޮންނާނީ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ މި ހަތަރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ކަމަށެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ހަތަރު ލައްކަ ފަންސާސްހާސް ފަސިޖަރުން، އަބޫ ދާބީ އަދި ޔޫރަޕްގެ ގައުމުތަކުން ދަތުރުކޮށްފައިވާ ކަމަށެވެ.

އިއްތިހާދު އެއަރވޭސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ހިއްސާއެއް އަދާކުރާ އެއަރލައިންއަކަށްވާއިރު، ރާއްޖެއާއި ޔޫއޭއީއާއި ދެމެދު ރަސްމީކޮށް ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރ 1، 2011 ގައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު