Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަން އުވާލުން

ޤާނޫނަށް އިސްލާހު ގެނެސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަނީ

8 ޖުލައި 2020 | ބުދަ 17:01

61 އައުޓްޑޯ ޖިމްތައް ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރިތާ އަށް މަސް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 8 ޖުލައި 2020 | ބުދަ 17:01
ސްޕޯޓްސް ކޯޕަރޭޝަންގެ ބައްދަލުވުމެއްގައި އިސްވެރިން: ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ވަނީ ނިންމާފައި

ސްޕޯޓްސް ކޯޕަރޭޝަންގެ ބައްދަލުވުމެއްގައި އިސްވެރިން: ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ވަނީ ނިންމާފައި

މިހާރު އެކުލަވާލާފައިވާ ޤާނޫނަށް އިސްލާހު ގެނެސް، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތް ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ފިނޭސް މިނިސްޓްރީ އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ނިންމާފައިވާ ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އާއި ވަޒީރު އަދި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މިހާތަނަށްވެސް މަސައްކަތްކޮށްފައި ވަނީވެސް ވަރަށް ގާތްކޮށް ކަމަށްވާއިރު، މިހާތަނަށް ލިބުނު މަޝްރޫއެއް އަދި އާމްދަނީވެސް ކޯޕަރޭޝަނަށް ލިބިފައިވަނީ ވުޒާރާ މެދުވެރިކޮށް ކަމަށް ކޮމިޓީގައި މަޙްލޫފް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ކެޕޭސިޓީ ނެތް ކަމަށް ވަޒީރު ކޮމީޓީގައި ފާހަގަކުރެއްވިއިރު، އެ ބޭފުޅުން މަސައްކަތް ކުރާ އިމާރާތަކީވެސް ވުޒާރާއިން ހިލޭ ދީފައިވާ އިމާރާތެއް ކަމަށާއި، މި ސަރުކާރުން ދެ ފަހަރު އެ އިމާރާތުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންގެ ސުވާލުތަކުގައި ސްޕޯޓްސް ކޯޕަރޭޝަނަށް ޤާނޫނުން ދޭން ބުނެފައިވާ ބިންތައް ނުދީ އަދި އެ ކެޕޭސިޓީ އިތުރުކުރުމަށް ކަމެއް ކޮށްނުދީ ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަމަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވިއިރު، ވަޒީރު ވަނީ މިހާތަނަށް އެ ކުންފުންޏަށް ހަވާލުކުރި ހަމައެކަނި މަސައްކަތަށްވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރިތާ އަށް މަސް ވެފައިވާއިރު، އޭގެ ތެރެއިން ލިބިފައި ވަނީ ދެބައިކުޅަ އެއްބައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބިންތަކަކީ އެހެން ބަޔަކަށް ދެވޭނެ ތަންތަނެއް ނޫން ކަމަށާއި، އެގޮތަށް ބިންތައް ދޫކޮށްލައިފި ނަމަ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މުބާރާތްތައް ބާއްވަން ނޫނީ އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ހިންގުން އެއީ އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް ފާހަގަކުރައްމުން ވަޒީރު ވިދާޅުވީ ގައުމީ ފެންވަރުގައި ކުޅިވަރު ކުޅެން ޖެހޭ ތަންތަން އޮންނަން ޖެހޭނީ ކުޅިވަރާ ބެހޭ ވުޒާރާގެ ދަށުގައި ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޤާނޫނޫގައި އެ ކުންފުންޏަށް އެއް އަހަރު ދުވަހުގެ ތެރޭގައި ބިން ދޭން ޖެހޭއިރު، ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހެއެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އުފެއްދި ކުންފުންޏަށް އަދި މިހާތަނަށް އެއްވެސް ބިމެއް ދީފައެއް ނުވެއެވެ.

މުނިއުފާ ހުންނަ ބިން ދިގު މުއްދަތަކަށް ދޫކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ވުޒާރާއިން އެ މަގު ފަހުކޮށްދިން ނަމަވެސް، އެކަން އެ ކޯޕަރޭޝަނަށް ނުކުރެވޭއިރު، ކުންފުނީގެ މަގުސަދުގެ ތެރޭގައި އަށް ކަމެއް ހާސިލުކުރަން އޮތް ނަމަވެސް، މިހާތަނަށް އެއްވެސް މަގުސަދެއް ހާސިލުކުރެވިފައި ނެތްއިރު، ވުޒާރާއިން ފަހިކޮށްދޭން ޖެހޭ ކަންކަން ކުރި ނަމަވެސް، ކުންފުންޏަށް ކަމެއް ކުރެވިފައި ނެތް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ޕާމެނަންޓް ސެކްޓަރީ ހުސައިން ޝަރީފް، ކޮމީޓީގައި ވިދާޅުވިއެވެ.

ވުޒާރާއިން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރި މުނިއުފާ ބިން، ކުރީގެ ސަރުކާރުން ފަހުން ވަނީ ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށްވެސް ބުދަ ދުވަހުގެ ކޮމިޓީގައި ހުސައިން ޝަރީފް ވިދާޅުވިއެވެ.

ކުންފުނި އުވާލުމަށް ނިންމާނީ ކޮން އިރަކުންތޯ އާއި އެކަން ކުރަން ކިހާ މުއްދަތެއް ނަގާނެތޯ ތަކުރާރުކޮށް ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ ޤާނޫނުން އުފައްދާފައިވާ ކޯޕަރޭޝަނަކަށް ޤާނޫނުން ލިބިދޭންޖެހޭ ބާރުތައް ނުދޭ ކަމަށް ވަނީނަމަ، އެކަން ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި، އުވާލާނަމަ އެކަން އަވަސް ކުރަން ޖެހޭއިރު، ޓައިމްލައިނެއް އެކަމަށް ލިބެން ޖެހޭ ކަމަށެވެ.

އެއާއެކު ވަޒީރު ވިދާޅުވީ މި މަހުގެ ތެރޭގައި ޤާނޫނަށް ގެންނަ އިސްލާހާއެކު އެޓާނީ ޖެނެރަލް (އޭޖީ) އަށް ފޮނުވާނެ ކަމަށެވެ.

މިހާތަނަށް ހުޅުމާލެއިން ބިމެއް ބަދަލު ކުރުން ފިޔަވާ އިތުރު ބިމެއްގެ ވާހަކައާ މެދު ސްޕޯޓްސް ކޯޕަރޭޝަނާއި މަޝްވަރާ ކުރެވިފައެއް ނެތް ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާއިން 158 މަޝްރޫއު މިހާރުވެސް ކުރިއަށްގެންދާއިރު، ސްޕޯޓްސް ކޯޕަރޭޝަނުންވެސް ކުރަން މި ޖެހެނީ ވުޒާރާއިން ކުރަން ހުރި ކަންކަން ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަންގެ ޤާނޫނު އޮތީ ވުޒާރާއާ ވަރަށް ބޮޑަށް ފުޝުއަރާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކީ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުޙައްމަދެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް