Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ކޯޑޯސް މާޒިޔާއާ ގުޅުނީ އެއް އަހަރަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 15:36
މާޒިޔާ އަށް އަލަށް ގުޅުނު ރޫމޭނިއާގެ ޑިފެންޑަރު (ކ)، އެޓީމުގެ ބިދޭސީ ކޯޗު (ވ)

މާޒިޔާ އަށް އަލަށް ގުޅުނު ރޫމޭނިއާގެ ޑިފެންޑަރު (ކ)، އެޓީމުގެ ބިދޭސީ ކޯޗު (ވ)

އުރީދޫ ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ރުމޭނިޔާގެ ޑިފެންޑަރެއް ކަމަށްވާ އަންދްރޭ ކޯޑޯސް ގެނެސްފި އެވެ.

ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ އިންޓަ މިލާނާ ދެކޮޅަށް ޔޫރޮޕާ ލީގުގައިވެސް ކުޅެފައިވާ ކޯޑޯސް، މާޒިޔާ އަށް ސޮއިކުރީ އެއް އަހަރަށެވެ.

ރޫމޭނިއާ ފަދަ ވަރުގަދަ ލީގަކުން ރާއްޖެ އަންނަން ބޭނުންވި ސަބަބާ ގުޅޭ ގޮތުން އެގައުމުގެ ނޫސްވެރިންކުރި ސުވާލަކަށް ޖަވާބު ދެމުން ކޯޑޯސް ބުނެފައިވަނީ އޭނާ ރޫމޭނިއާގެ ލީގު ދޫކޮށްލީ ކްލަބްގެ މާލީ ހާލަތު ދަށްވެ ޔަގީންކަން ކުޑަވުމުން ކަމަށެވެ. ރޫމޭނިއާ ލީގަށްވުރެ ބޮޑު އާމްދަނީއެއް މާޒިޔާއިން އޭނާއަށް ލިބޭނެ ކަމަށް ވެސް ކޯޑޯސް ބުންޏެވެ.

އުމުރުން 28 އަހަރުގެ ކޯޑޯސް ބުނީ އޭނާ ބޭނުންވަނީ މާޒިޔާގައި ވަރުގަދަ ކުޅުމެއް ކުޅުމަށްފަހު ދެން އަންނަ އަހަރެއްގައި އޭޝިއާގެ ބޮޑު ކްލަބަކުން ފުރުސަތު ހޯދުން ކަމަށެވެ.

ކޯޑޯސް ބުނީ ރާއްޖޭގައި އޮތީ އަށް ޓީމު ކުޅޭ މެދު ފަންތީގެ ލީގެއް ކަމަށާއި އަދި ހުރިހާ ޓީމެއް ވެސް ކުޅެނީ އެންމެ ސްޓޭޑިއަމެއްގައި ކަން އެނގޭނެ ކަމަށެވެ. ރާއްޖެ އައީ އެ ހުރިހާ ކަމެއް އެނގި ހުރެ ރަނގަޅު ކާމިޔާބެއް ހޯދަން ކަމަށާއި ރާއްޖެ ފަދަ ރީތި ތަނަކަށް އައީ މޫދަށް އެރި ރީތިކަމުން ހިތްހަމަޖެހުން ހޯދަން ނޫން ކަމަށް ވެސް ބުންޏެވެ.

ރޫމޭނިއާގެ ދެ ވަނަ ޑިވިޝަންގެ ބައެއް ކްލަބްތަކުގެ އޮފާތައް ދޫކޮށްލުމަށް ފަހު މާޒިޔާއާ ގުޅުނު ކޯޑޯސް ބުނީ ކޮންޓްރެކްޓުގައި ބާކީ ހަ މަސް އޮއްވާ ޓާގޫ މުރޭސް އިން އޭނާ ރިލީޒްކޮށް ދިނީތީ އެ ކްލަބަށް ޝުކުރުއަދާކުރާ ކަމަށެވެ.

ދެހާސް ފަސް ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި ކޯޑޯސް ވަނީ ޔުނިވާސިޓޭޓް ކްލޫޖްއާއެކު ރޮމީނިއާ ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންވެސް ކުޅެފައެވެ. 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ދެމެދު ކޯޑޯސް ކުޅެފައިވަނީ އިޓަލީގެ ދެވަނަ ޑިވިޝަންގެ ފޮރޮސިނޯނޭ އަށެވެ.

އިޓަލީ އަށް ފަހު ކޯޑޯސް އެނބުރި ރޫމޭނިއާ އަށް ގޮސް، އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓާގޫ މުރޭސް އަށް 2010 އިން 2012 އަށް ކުޅުނެވެ. އެއަށް ފަހު 2012 ވަނަ އަހަރު އެގައުމުގެ ވަސްލުއިޖް އަށް ބަދަލުވެ، ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި އިޓަލީގެ ގަދަބާރު، އިންޓަ މިލާނަށް އެ ޓީމުގެ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ކުޅުނެވެ.

އެއަށްފަހު އަނެއްކާވެސް ރޫމޭނިއާގެ އެންމެ ކާމިޔާބު އެއް ކްލަބް ޑައިނަމޯ ބުކަރެސްޓާގެ އިތުރުން އޭނާވަނީ ޔޫރޮޕްގެ ޓޮޕް ލެވެލްގައި 144 މެޗު ކުޅެފައެވެ.

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒިޔާއިން ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބަދަލުގައި، އެ ޓީމަށް ކުރިން ވެސް ކުޅުނު ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް ގެނެސްފަ އެވެ.

މީގެ އިތުރުން ސާބިއާ ފޯވާޑެއް ކަމަށްވާ އަލެކްސަންޑަ ރަކިޗް ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

29 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

19 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު