Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 އެޕްރީލު 2017 | ބުރާސްފަތި 19:46
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ނިއު ރޭޑިއަންޓުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް މާލޭ ލީގުގައި އެޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާ އިން ނިމުން ގެނެސްފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ފުރަތަމަ ހަމަލާ 14 ވަނަ މިނެޓުގައި އުފެއްދީ ނިއު އިންނެވެ. އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ބޯޅަ މާޒިޔާގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އަދި އޭގެ ފަހުން މާޒިޔާގެ އައްސަދު އަލީ (އަޑުބަރޭ) އަށް ވެސް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގައި ނިއު އިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އަދި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަކްރަމް އަބްދުލްޣަނީ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަރިމަތިން ގަލާޑޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި މާޒިޔާގެ ރަކިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޔަސްފާދު ހަބީބު އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް މެއިން މަތަކޮށްލުމަށްފަހު ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވުމަށް މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މެޗުން މާޒިޔާ މޮޅުކޮށްދިން ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިތުބާރު ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ އަސައްކޮ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު ލީގުގެ ދެވަނަ މަގާމުގަ އެވެ. އެއްވަނައިގައި އޮތް ނިއު އަށް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ކުރި ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު