Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ ކުއްލި މައްސަލަ

"ނުފޫޒު ފޯރުވީމަ ކުރާނީ ސަސްޕެންޑް. އެއީތޯ ހައްލަކީ؟"

އެފްއޭއެމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ ބަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޖުލައި 2020 | އަންގާރަ 08:40
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކުގައި

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކުގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ށް އިތުރު ފަރާތަކުން ނުފޫޒު ފޯރުވައިގެން ރާއްޖެ ދުނިޔޭގެ ފުޓްބޯޅައިން ސަސްޕެންޑުވުމަކީ ހައްލެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އިންތިޚާބު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައެވެ. އިޖުތިމާޢީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީއެވެ.

ބުރާސްފަތި ދުވަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައެވެ. އެއާއެކު އެ ވުޒާރާއިން ވަނީ އިންތިޚާބު ފަސްކޮސްދިނުމަށް އެދި އެފްއޭއެމަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެކަމަކު ފީފާގެ ހުއްދައާއެކު އެފްއޭއެމުން އިންތިޚާބު އެ ދުވަހު ބާއްވާ، އެ އިދާރާގެ ރައީސް މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް ވަނީ އިންތިޚާބު ކޮށްފައެވެ.

އަންގާރަ ދވަހު އިޖުތިމާޢީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒިރު އަޙްމަދު މަޙްލޫފް ވިދާޅުވީ ރާއްޖެ ސަސްޕެންޑް ކުރާވަރުގެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން މިސާލަކަށް ފުލުހުން ފޮނުވައިގެން އެފްއޭއެމްގެ އިންތިޚާބު ހުއްޓުވިނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެކަން ޔަގީން ކަމަށާއި ސަސްޕެންޑް ކޮށްގެން އެއިން ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް ފުޓްބޯޅަ ސަސްޕެންޝަނެއް އައުމުން އޭނާ އާއި ރައީސުލްޖުމްހޫރިއްޔާއަށް ވުރެން ނުބައި ބަޔަކު މި ގައުމުގައި ނުތިބޭނެ ކަމަށެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، ބައްސާމް ވިދާޅުވީ ތިންވަނަ ފަރާތެއް އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ނުވަދެވޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ އިންތިޚާބު ބޭއްވިގެން ދިޔައީ ފީފާގެ ރުހުން ލިބުމުން ކަމަށެވެ. އަދި އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނުބެލޭނެ ކަމަށާއި، އެއްވެސް މައްސަލައެއް ބަލާނަމަ ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށް އެކަކުރަން އެފްއޭއެމުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއެކު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ހުއްޓާލިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި

ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި

30 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު