Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިންގ

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

މެސީ އަށް ވަނީ ހަތަރު މެޗުގެ ސަސްޕެންޝަނާއެކު 8100 ޕައުންޑުން ޖޫރިމަނާ ކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 މާރިޗު 2017 | ބުދަ 18:16
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ލައިންސްމަނާ ދިމާލަށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

މެސީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައި މިވަނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ޗިލީއާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައި ލައިސްމަނާ ބޭއަދަބީ ބަހުން މުހާތަބުކުރުމުން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) ގެ ޑިސިޕްލިނަރީ ކޮމިޓީއިން އެމައްސަލަ ބެލުމަށްފަހު އެވެ. ވާދަވެރި ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން ފީފާއިން ވަނީ މެސި 8100 ޕައުންޑުން ޖޫރިމަނާވެސް ކޮށްފަ އެވެ.

މިކަމާގުޅިގެން ފީފާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެދުވަހުގެ މެޗުގައި މެސީ ލައިސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކޮށްފައި ވަނީ މެޗުގެ ދެ ވަނަ ހާފުގައި އޭނާ ފައުލްކުރިކަމަށް ބުނެ ލައިސްމަން ދިދަ ނެގުމުން ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމެޗުގައި މެސީ ލަސައިސްމަނާ މުހާތަބު ކޮށްފައި ވަނީ ކުޅިވަރުގެ ރޫހާ ހިލާފަށް ކަމަށާއި އަދި އެކަން ފެންނަ ވީޑިއޯވެސް މިހާރު ލިބިފައިވާ ކަމަށެވެ.

އެ މެޗުގައި މެސީގެ އަމަލުތައް ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަމާޒުވެފައި ވާއިރު، އެދުވަހުގެ މެޗަށް ފަހު މެސީ ވަނީ އެ ލައިންސްމަނާ ސަލާމްކުރުމަށް ވެސް ދެކޮޅު ހަދައިފަ އެވެ. އަދި މެސީއާ ސަލާން ކުރަން ލައިސްމަން އަތް ދިއްކޮށްލި ފޮޓޯ ވެސް ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފީފާއިން މެސީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފައި ވުމުން، އޭނާ ނުލައި ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުން އެޓީމު ވަނީ 1-0 ލަނޑުން ބަލިވެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ މިވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. ކޮލިފައިންގައި އަޖެންޓީނާއަށް އަދި ބާކީ ހަތަރު މެޗު އޮތްއިރު، އެ ޓީމުން އަދި ތިން މެޗު ކުޅޭނީ މެސީ ނުލަ އެވެ. އެގޮތުން މެސީ ނުލައި އާޖެންޓީނާ އިން ދެން ކުޅެން ޖެހޭ ތިން މެޗަކީ ރަށުން ބޭރުގައި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2020

ޗެމްޕިއަނެއް ކަނޑަނާޅައި ލީގު ކެންސަލް ކުރުމުން ޒިޔެކް ފާޑު ކިޔައިފި

26 އެޕްރީލު 2020
ޗެމްޕިއަނެއް ކަނޑަނާޅައި ލީގު ކެންސަލް ކުރުމުން ޒިޔެކް ފާޑު ކިޔައިފި
11 އެޕްރީލު 2020

ހުއްދައާ ނުލައި ފަރިތަކުރުމުން ރޮނާލްޑޯއަށް އިންޒާރު ދީފި

11 އެޕްރީލު 2020
ހުއްދައާ ނުލައި ފަރިތަކުރުމުން ރޮނާލްޑޯއަށް އިންޒާރު ދީފި
01 ޖުލައި 2019

ޗެލްސީން އެއްބަސްވުން އާނުކުރުމުން، ހިގުއެން އެނބުރި ޔުވެންޓަސްއަށް!

01 ޖުލައި 2019
ޗެލްސީން އެއްބަސްވުން އާނުކުރުމުން، ހިގުއެން އެނބުރި ޔުވެންޓަސްއަށް!
09 ފެބުރުއަރީ 2019

ޔޫތު ޗެމްޕިއަންޝިޕް: އޭދަފުށިން މާޒިޔާ ބަލިކުރުމުން ގްރޫޕްގެ ފޯރިގަދަވެއްޖެ

09 ފެބުރުއަރީ 2019
ޔޫތު ޗެމްޕިއަންޝިޕް: އޭދަފުށިން މާޒިޔާ ބަލިކުރުމުން ގްރޫޕްގެ ފޯރިގަދަވެއްޖެ
16 އޮކްޓޯބަރު 2018

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

16 އޮކްޓޯބަރު 2018
ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު