Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯޓުތަކަށް ހެކިން ހާޒިރުކުރުން

ކޯޓުތަކުން ހެކިބަސް ނެގުމުގައި ތަފާތު ގޮތްގޮތަށް އަމަލު ކުރަމުންދާތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި

2 ޖުލައި 2020 | ބުރާސްފަތި 10:12

ކޯޓަށް ހެކިން ހާޒިރު ކުރުމުގައި އެކި ކޯޓުން އެކި ގޮތްގޮތަށް އަމަލުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ޖުލައި 2020 | ބުރާސްފަތި 10:12
ކްރިމިނަލް ކޯޓު: ކޯޓަށް ހެކިން ހާޒިރު ކުރުމުގައި އެކި ކޯޓުން އެކި ގޮތްގޮތަށް އަމަލުކުރޭ

ކްރިމިނަލް ކޯޓު: ކޯޓަށް ހެކިން ހާޒިރު ކުރުމުގައި އެކި ކޯޓުން އެކި ގޮތްގޮތަށް އަމަލުކުރޭ

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، ހެކިވެރީންގެ ހެކިބަސް ނެގުމުގައި އެކި ކޯޓުތަކުން އަދި އެކި ފަނޑިޔާރުން އަމަލުކުރާ ގޮތް ތަފާތު ކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މި މައްސަލައަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ބުނެފައިވަނީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ނުނިމި ދިގުލައިގެންދާ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންގެ ސްލޫކަށް އަސަރުކުރާ ފަދަ ކަމެއް ހުރިތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ފެށި މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވި އެއް މައްސަލަ އަކީ، ޖިނާއީ އަދުލްގެ ނިޒާމުގައި ހުރި މައްސަލަތަކުގައި ހެކިން ހާޒިރު ކުރުމުގައްޔާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރަމުން އަންނަ އުސޫލުގެ ސަބަބުން، މައްސަލަތައް ނުނިމި ލަސްވެ، އަދި އިންސާފު ލިބުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ.

ޖޭއެސްސީ ބުނީ، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ޒަމާނުއްސުރެ އަމަލު ކުރަމުން އައި އުސޫލަކީ، ކޯޓަށް ހާޒިރުވެ، ހެކިބަސް ދޭން ކޯޓަކުން އަންގައިފިނަމަ، އެމީހަކު ކޯޓަށް ހާޒިރުވެ، އެ މައްސަލައެއްގައި ހެކިބަސް ދިނުން ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގައި ވެސް އެ މަފްހޫމް ހިމެނޭ ކަމަށެވެ. އެގޮތުން ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުތަކަށް އޭގެ ޒާތުގައި ލިބޭ އެއްބާރަކީ، ކޯޓަށް ހެކީންގެ ގޮތުގައި ހާޒިރު ކުރަން ބޭނުންވާ މީހުން ހާޒިރު ކުރުމުގެ ބާރު ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 25 ވަނަ ބާބުގައި ކޯޓަށް ހެކިން ހާޒިރު ކުރުމުގެ އިޖުރާއަތުތަކާއި، ކޯޓުގެ އަމުރަށް މީހަކު ހާޒިރުނުވުމުގެ ނަތީޖާ ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން ހެކިބަސް ނުދިނުމާއި ހެކި ފޮރުވުމަކީ، ގާނޫނުލްއުގޫބާތު ބަޔާން ކުރާ ގޮތުން ކުށެކެވެ. އަދި އެފަދަ އަމަލުތަކަކީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ އަމަލެއްކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ ޒާތުގެ އަމަލެކެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، ހެކިބަސް ދޭން ކޯޓަށް ހާޒިރުވާން އެންގުމުން، އެހިވެރިޔާ ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ، ކޯޓަށް ސިޓީއެއް ފޮނުވައި، ނުވަތަ ކޯޓަށް ހާޒިރުވެ، ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް ކޯޓަށް އަންގައިފިނަމަ، އެކަން ކޯޓުން ބަލައިގަނެ، އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

އެގޮތަށް ކްރިމިނަލް ކޯޓުން އަމަލު ކުރަން ފެށުމުން، ފުރަތަމަ މަރުހަލާގެ އެހެން ކޯޓުތަކުން އެގޮތަށް އަމަލު ކުރަމުންދާ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

މީގެއިތުރުން ކޯޓަށް ހެކިން ހާޒިރު ކުރުމުގައި އެކި ކޯޓުން އެކި ގޮތްގޮތަށް އަމަލު ކުރާ ކަމަށާއި، އެއް ކޯޓެއްގައި އެކި ގާޒީން އެކި ގޮތްގޮތަށް އަމަލު ކުރާކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ބައެއް މައްސަލަތަކުގައި ހެކިވެރިޔާ ކޯޓަށް ހާޒިރުވުމަށް އަންގައި، ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާއިރު، އަނެއް ބައި މައްސަލަތަކުގައި މައްސަލާގައި ހާޒިރު ކުރާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ބަލައި، ކޯޓުން އެގޮތަށް އަމަލު ކުރަމުންދެއެވެ. އަދި ބައެއް މައްސަލަތަކުގައި ދައުލަތުން ހުށަހަޅާ ހެކިން ހާޒިރު ކުރުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރޭއިރު، ހަމަ އެ މައްސަލާގައި ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ކޯޓަށް ހާޒިރުކުރުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށް ބަލައި، ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެނުދޭކަން ވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީގެ އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލައެއްްގައި އިންސާފު ގާއިމުކޮށް ނިޔާ ކަނޑައެޅެނީ، އެ މައްސަލައަކާ ގުޅިގެން ހުށަހަޅާ ހެކިން ދޭ ހެކިބަހުގެ މައްޗަށް ކަމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިންގާ ގިނަ މައްސަލަތަކަކީ ހެކިން ހާޒިރުކޮށް، ހެކިންގެ ހެކިބަސް ނަގައި ނިންމާ މައްސަލަތަކެއް ކަމަށްވާތީ، އިންސާފު ގައިމު ކުރުމަށާއި އިންސާފު ގާއިމުވާ ތަން ފެނުމަށް ހެކީންގެ ހެކިބަސް ނެގުމުގެ ކުރިއަށް ހިނގާ އިޖުރާއަތުތަކަކީ، އަދުލުވެރިކަމާއެކު އެންމެންގެ މައްޗަށް އެއްހަމަޔަކުން ހިނގާ އިޖުރާއަތުތަކަކަށް ވުމަކީ މުހިންމު ކަމެއް ކަމަށް ޖޭއެސްސީން ގަބޫލުކުރާ ކަމަށެވެ.

ޖޭއެސްސީން ބުނީ، ހެކިން ހާޒިރު ކުރުމާއި، ހެކިބަސް ނެގުމުގައި ކޯޓުތަކުން މިހާރު އަމަލުކުރަމުންދާ އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން އިސްލާހު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ޖޭއެސްސީއަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި މަޖިލީހުގެ މެމްބަރުންގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ހުށަހެޅި ސިޓީއެއް ކަމަށް ވެސް ޖޭއެސްސީ ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ، ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމުން ހެކިން ހާޒިރުކުރުމާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެކޮމިޝަނަށް ގަބޫލު ކުރެވޭތީ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގެ ދަށުން ޝަރީއަތްކުރުމާ ގުޅޭ ގަވާއިދު ހަދަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށްވާތީ، އެކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
06 އެޕްރީލު 2017

ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން

06 އެޕްރީލު 2017
 ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް